ޓެލެވިޜަން އެކްޓްރެސްއެއްގެ ގޮތުގައި މަޝްހޫރު އަވިކާ ގޯރް ހުސްހަށިބައި ނޫންކަން ހާމަކޮށްފި އެވެ.
އިންސްޓަގްރާމްގައި އޭނާގެ ލޯބިވެރިޔާ މިލިންދް ޗަންދްވާނީ އާއެކު ނަގާފައިވާ ފޮޓޯތަކަކާއެކު ބުނެފައިވަނީ އޭނާ އުޅެނީ ވަރަށް ސީރިއަސް ރިލޭޝަންޝިޕެއްގައި ކަމަށެވެ.
މިއީ މި ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ފުރަތަމަ ފަހަރެވެ.
އެހެންނަމަވެސް މި މީހުންގެ ވާހަކަތައް އެކި ނޫސްތަކުގައި އެކި ގޮތަށް އައީ ޝާއިޢު ކުރަމުން ނެވެ. އަދި އެމީހުންގެ ފަރާތުން އިޝާރާތަކަށް އައީ ފާރަލަމުން ނެވެ.
އެ ދެމީހުންގެ ޢާއިލާއިން ވެސް މިހާތަނަށް މިކަމުގައި އެއްޗެއް ބުނެފައެއް ނުވެއެވެ. އަވިކާގެ މި ޕޯސްޓާ ގުޅިގެންވެސް ދެފަރާތުގެ ޢާއިލާއިން އަދިތިބީ ހައްޕު ކިޔައިގެން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް