ސިނަމަން ވެލިފުށި ރިސޯޓުން 2 ސްޓާފުން ކޮވިޑަށް ޕޮޒިޓިވުމުން، އައުޓް ބްރޭކް މޮނިޓަރ ކުރަނީ..

ވ. އަތޮޅުގައި މިހާރު އޮޕަރޭޓް ކުރަމުން އަންނަ ސިނަމަން ވެލިފުށި ރިސޯޓުން 2 ސްޓާފުން ކޮވިޑަށް ޕޮޒިޓިވުމުން އައުޓް ބްރޭކް މޮނިޓަރ ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ. އެޗްއީއޯސީ ގެ ތަރުޖަމާން ޑރ...

13 Nov 2020 | 14:44

ވ. އަތޮޅުގައި މިހާރު އޮޕަރޭޓް ކުރަމުން އަންނަ ސިނަމަން ވެލިފުށި ރިސޯޓުން 2 ސްޓާފުން ކޮވިޑަށް ޕޮޒިޓިވުމުން އައުޓް ބްރޭކް މޮނިޓަރ ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްއީއޯސީ ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެރަށުން ޕޮޒިޓިވް ވީ ބިދޭސީ 2 ސްޓާފުން ކަމަށާއި އެމީހުން ޕޮޒިޓިވް ވީ މި މަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

އެމީހުން ޕޮޒިޓިވް ވީ، ބަލީގެ އަލާމާތްތައް ފެނުމުން ޓެސްޓު ކުރުމުން ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ. އަދި މިހާތަނަށް 38 ސްޓާފެއްގެ ސާމްޕަލް ނަގައި، ޓެސްޓު ކޮށްފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މި ހުރިހައި ސާމްޕަލެއް ވެސް ނެގެޓިވް ކަމަށެވެ. އަދި ބާކީ ތިބި 77 ސްޓާފުންގެ ސާމްޕަލުވެސް ނަގައި، ޓެސްޓު ކުރުމުގެ ކަންކަން ކުރިއަށް ދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް