ފޮޓޯ ޝޫޓެއް ނެގުމަށް ރާއްޖެ އައިސްފައިވާ، ބޮލީވުޑް ބަތޮލާ ކެޓްރީނާ ކައިފްގެ އިންސްޓަގްރާމަށް، މި ފޮޓޯ ޝޫޓްގެ މަސައްކަތުގެ އާ ފޮޓޯއެއް ދޫކޮށްލައިފިއެވެ.
ރަތްކުލައިގެ ހެދުމެއް ލައިގެން ރާއްޖޭގެ ދޮންވެލި ގޮނޑުދޮށެއްގައި އިށީނދެލައިގެން އިންއިން ވަށައިގެން ކެމެރާތަކުން ފޮޓޯ ނަގާ މަންޒަރު ދައްކުވައިދޭ އެ ފޮޓޯއާއެކު ކެޓްރީނާ ބުނެފައިވަނީ "ކަމިންގ ސޫން" ކަމަށެވެ.
އެ މެސެޖުން ދޭހަވަނީ ފޮޓޯ ޝޫޓް ނިންމާ އެނބުރި ގައުމަށް ދަނީކަމެއް ނުވަތަ ފޮޓޯ ޝޫޓް ރިލީޒްކުރަން އުޅެނީކަމެއް ސާފެއް ނޫނެވެ.
ފޮޓޯ ޝޫޓެއް ނެގުމަށް ކެޓްރީނާ ރާއްޖެ އައިސްފައިވަނީ މިދިޔަ ހޯމަދުވަހުގައެވެ.
https://www.instagram.com/p/CHhMUxBh62T/
ފޮޓޯ ޝޫޓަކަށް ކެޓްރީނާ ރާއްޖެ އައިސްފައިވާއިރު ބޮލީވުޑް ބަތޮލު ޓައިގަރ ޝްރޮފް އާއި ބަތޮލާ ދިޝާ ޕަޓާނީ އަންނަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް