ޕްރޮގްރެސިވް ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކުގެ އިންތިޚާބު ބާއްވައިފި

ޕްރޮގްރެސިވް ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކުގެ އިންތިޚާބު މިއަދު ބާއްވައިފި އެވެ. މާލޭގައި މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔަ މި އިންތިޚާބުގައި ވޯޓުލުން ކުރިޔަށް ގެންދިޔައީ ޢިއްޒުއްދީނ...

13 Nov 2020 | 13:21

ޕްރޮގްރެސިވް ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކުގެ އިންތިޚާބު މިއަދު ބާއްވައިފި އެވެ.

މާލޭގައި މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ކުރިއަށް ގެންދިޔަ މި އިންތިޚާބުގައި ވޯޓުލުން ކުރިޔަށް ގެންދިޔައީ ޢިއްޒުއްދީން ސުކޫލުގަ އެވެ.

އެ ކޯލިޝަނުން ބުނީ މި އިންތިޚާބުގައި 1000 އަށް ވުރެ ގިނަ މެމްބަރުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ 18 ސަރަހައްދެއްގައި މި އިންތިޚާބު ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"ކޮމިޓީތަކަށް މެމްބަރުން ހޮވާނީ ރަށުގެ އާބާދީގެ ނިސްބަތަށް ބަލާފަ. އެއީ 7 މެމްބަރުން ނުވަތަ 9 މެމްބަރުން ނުވަތަ 11 މެމްބަރުން. އަންހެނުންނަށާއި ޒުވާނުންނަށް ޚާއްސަ ސްލޮޓެއް ވެސް މި ކޮމެޓީގަ ކަނޑައަޅާފައިވާނެ." އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

އެ ކޯލިޝަނުން ބުނީ މި ކޮމެޓީތައް ހެދުމުގެ އެންމެބޮޑު ބޭނުމަކީ އެ ކޯލިޝަނުގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރުން ކަމަށެވެ. އަދި އަތޮޅު ތެރޭގައި އެ ކޯލިޝަންގެ ހަރަކާތްތައް ވަރުގަދަ ކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް