ކޮވިޑް 19 ރާއްޖެއިން ފެނުނުތާ 251 ދުވަސް ވެފައިވާއިރު، އެވްރެޖް ގޮތެއްގައި ކޮންމެ ބައިގަނޑިއިރަކުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
އެޗްޕީއޭ ގެ ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 250 ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 12085 މީހުން ނެވެ. މިއީ ދުވާލަކަށް ބަލާނަމަ 48.34 މީހުން ނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންނަށް ބަލާއިރު، އެވްރެޖްގޮތެއްގައި 44.9 މީހުން ބަލިން ރަނގަޅުވެފައިވާ އިރު، މިއީ ކޮންމެ ގަޑިއެއްގެ ތެރޭގައި 1.8 މީހުން ބަލިން ރަނގަޅުވުމެވެ.
އެޗްޕީއޭއިން އާންމުކުރި ހިސާބުތަކަށް ބަލާއިރު، ބައްޔަށް ފަރުވާ ހޯދަމުން ދަނީ 812 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 52 މީހުންނަށް ފަރުވާ ދެމުން ގެންދަނީ ހޮސްޕިޓަލުގަ އެވެ.
ބަލިޖެހުނު މީހުންގެ ތެރެއިން 70 އިންސައްތަ، ނުވަތަ 8345 މީހުންނަކީ ފިރިހެނުން ނެވެ. އަދި 3720 މީހުންނަކީ އަންހެނުން ނެވެ. އެއީ ބަލި ޖެހުނު މީހުންގެ 30 އިންސައްތަ އެވެ.
ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ދިވެހިންގެ ނިސްބަތް 63 އިންސައްތައިގާ ހުރި އިރު، އެއީ 7665 މީހުން ނެވެ.
ދެވަނައަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހުން ނެވެ. އެއީ 3132 މީހުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް