ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ. ފުލުހުން ބުނީ މި މައްސަލައިގާ ހައްޔަރުކުރި މީހުންގެ ބ...

13 Nov 2020 | 12:30

ހަރުކަށި ފިކުރުގެ ބަޔަކު ރާވަމުންދިޔަކަމަށް ތުހުމަތުކުރެވޭ ޓެރަރިރަޒަމްގެ އަމަލާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގާ ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް މުއްދަތު ޖަހާފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލައިގާ ހައްޔަރުކޮށްފައިވާ 42 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް، 18 އަހަރުގެ މީހާގެ ބަންދަށް 5 ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލައިގާ ހައްޔަރުކޮށްފައި ދެންތިބި އެންމެންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ވަނީ ފަށާފަ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންދަނީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ އަދި ތ. ތިމަރަފުށީގައި ކަމަށެވެ.

ރާއްޖޭގައި ދޭން އުޅުނު ހަމަލާއެއް ނާކާމިޔާބު ކޮށްލާފައިވާކަން ފުލުހުން އިއުލާން ކުރީގެ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް