އަންނަ އަހަރު އަތޮޅު ތެރޭގައި 50 ޕޮލިސް ސްޓޭޝަން އަޅާނެ: އިމްރާން

އަންނަ އަަހަރު އަތޮޅުތަކުގެ ތެރޭގައި ޕޮލިސް ސްޓޭޝަން އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އިމްރާން ވިދާޅުވީ އަތޮޅު ތެރޭގައި 50 ޕޮލިސް ސްޓޭޝަން އަޅަން ނިންމީ އަތޮޅު ތެރޭގައ...

13 Nov 2020 | 12:13

އަންނަ އަަހަރު އަތޮޅުތަކުގެ ތެރޭގައި ޕޮލިސް ސްޓޭޝަން އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން ވިދާޅުވީ އަތޮޅު ތެރޭގައި 50 ޕޮލިސް ސްޓޭޝަން އަޅަން ނިންމީ އަތޮޅު ތެރޭގައި ހިންގޭ ކުށްތައް މަދުކޮށް އަމާން މާހައުލެއް ގާއިމުކުުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ. އަދި އެއަދަދަށް ޕޮލިސް ސްޓޭޝަންތަށް ގާއިމް ކުރެވުމުން ފުލުހުންގެ ހިދުމަތަށް އިތުރު ކުރި އެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

މަޖިލީހުން މިހާރު އެކުލަވާލާފައިވާ ފުލުހުންގެ ބިލާއެކު ފުލުހުންގެ މުވައްސަސާއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި ހާއްސަކޮށް ހިންގުމުގެ ދާއިރާއަށާއި ބޮޑެތި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ބާރާއި އިހުތިޔާރު ވެސް ލިބިގެންދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުން އަބަދުވެސް އިސްކަން ދެނީ ރާއްޖޭގެ ވެެއްޓަކީ އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.

މިދޔަ ދެ އަހަރުގެ ތެރޭގައި ހަ ރަށެއްގައި ވަނީ އަލަށް ޕޮލިސް ސްޓޭޝަން ގާއިމްކޮށް ހިދުމަތް ދޭން ފަށައިފަ އެވެ. އަދި ފާއިތުވެދިޔަ ފަނަރަ ނުވަތަ ހަ ވަރަކަށް އަހަރުގެ ތެރޭގައި ވެސް އަތޮޅު ތެރޭގައި ގާއިމުކުރެވުނީ 15 ވަރަކަށް ޕޮލިސް ސްޓޭޝަން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް