ޝާހިދު އެދެނީ ތަރައްގީވަމުން އަންނަ ގައުމުތަކަށް މާލީ އެހީ ފޯރުކޮށް ދިނުމަށް

ތަރައްގީވަމުން އަންނަ ގައުމުތަކަށް އެއްވެސް ޝަރުތަކާ ނުލާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ. ވާޗުއަލްކޮށް ކުރިއަށް ދިޔަ "ޖީ 77 ޕްލަސް ޗަ...

13 Nov 2020 | 11:10

ތަރައްގީވަމުން އަންނަ ގައުމުތަކަށް އެއްވެސް ޝަރުތަކާ ނުލާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ވާޗުއަލްކޮށް ކުރިއަށް ދިޔަ "ޖީ 77 ޕްލަސް ޗައިނާގެ ހާރިޖީ ވަޒީރުންގެ 44" ވަނަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގެ ޝިއާރަކީ "ކޮވިޑް 19 އާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، 2030 އެޖެންޑާ އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކޮވިޑްގެ ސަބަބުން އެޅިފައިވާ ހުރަސްތައް" އެވެ.

އެ ޝިއާރުގެ ދަށުން ވާހަކަފުޅު ދައްކަވަމުން ޝާހިދު ޖީ-20ގެ ގައުމުތަކުން އިސްނަގައިގެން ފެށި ޑެޓް ސާވިސް ސަސްޕެންޝަން އިނީޝީއޭޓިވްއަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ޖީ20ގެ ގައުމުތަކަށް ދަރަނި ދެއްކުން 2021 ވަނަ އަހަރުގެ ނިޔަލަށް ފަސްކުރުމަށާއި، އިތުރު ޝަރުތަކާ ނުލާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޝާހިދުގެ ވާހަކަފުޅުގައި ވަނީ މާލީ އިދާރާތަކުންނާ ޑިވެލޮޕްމަންޓް ބޭންކްތަކުން ކޮންސެޝަނަލް ފައިނޭންސިން ފޯރުކޮށްދިނުމުގައި ލުއި ގޮތްތަކެއް ހަދައިދިނުމަށް ޖީ77 އިން ބާރުއެޅުމަށް ގޮވާލާފަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ޖީ-77ގެ ގައުމުތަކުން އެއް ގައުމުން އަނެއް ގައުމަށް ވެދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާ އެގައުމުތަކަށް ޝާހިދު ވަނީ ތައުރީފު ކުރައްވާފަ އެވެ.

ގައުމުތަށް ލޮކްޑައުންކޮށް ކާފިއު އިއުލާން ކުރުމުގެ ސަބަބުން ގެވެށި އަނިޔާތަށް ވަނީ އިތުރުވެފަ އެވެ. އެކަމަށް އަލިއަޅުވާ ޝާހިދު ވިދާޅުވީ، އަނިޔާގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް އެހީތެރިވުމަށް ހެލްޕްލައިންތަކާ ހިޔާތަކުގެ އިތުރުން އެމެޖެންސީ ފަންޑްތަކުގެ ނިޒާމް ހަރުދަނާކުރުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޖީ 77 ޕްލަސް ޗައިނާގެ ހާރިޖީ ވަޒީރުންގެ 44 ވަނަ ބައްދަލުވުމަކީ ތަރައްގީވަމުން އަންނަ އދގެ މެންބަރު 134 ގައުމެއްގެ މައްޗަށް އެކުލެވޭ ކޯލިޝަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް