ޓައިގަރ ރާއްޖޭގައި - ތިމާވެށި ހިމާޔަތްކުރަން ރީނދޫ ސޯޓެއްގައި މޫދަށް !

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑް ބަތޮލު ޓައިގަރ ޝްރޮފް ހުސްގަޔާ މޫދަށް އެރެމުން ކޮށްފައިވާ ޕޯސްޓެއްގައި ވަރަށް ތަފާތު ކެޕްޝަނެއް ލިޔެފިއެވެ. އެގޮތުން އޭނާ ލިޔެފައިވަނީ ދުނިޔެ ހިމާޔަތް ކު...

13 Nov 2020 | 11:07

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑް ބަތޮލު ޓައިގަރ ޝްރޮފް ހުސްގަޔާ މޫދަށް އެރެމުން ކޮށްފައިވާ ޕޯސްޓެއްގައި ވަރަށް ތަފާތު ކެޕްޝަނެއް ލިޔެފިއެވެ.

އެގޮތުން އޭނާ ލިޔެފައިވަނީ ދުނިޔެ ހިމާޔަތް ކުރުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކޮންމެ މީހަކުވެސް ކުރަންވާނެ ކަމަށެވެ.

ހުސްގަޔާ، ސޯޓުކޮޅަކާ މޫދަށް އެރިގެން ތިމާވެށި/ދުނިޔެ ހިމާޔަތްކުރާނެ ގޮތުގެ ވާހަކަ ޓައިގަރ ދައްކާފައިވާއިރު، ޓައިގާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ލޯބިވެރިޔާ، ބޮލީވުޑް ބަތޮލާ، ދިޝާ ޕަޓާނީއާއެކުގައެވެ.

ނަމަވެސް މި ދެ ތަރިންގެ މި ގުޅުން ކުރިއަށްގެންދަނީ ވަރަށްވެސް ސިއްރުންނެވެ. އެގޮތުން މި ދެތަރިން އެކުގައި ދަތުރަށްފެށި ނަމަވެސް ސޯޝަލް މީޑިއާގައި ޕޯސްޓްތައް އަޕްލޯޑް ކުރަނީ އެކެއްގެ ޕޯސްޓަށް އަނެކަކު ނާރުވައެވެ.

މި ދެ ލޯބިވެރިންގެ ގުޅުމަށް މި ދެ ތަރިން ފާޅުގައި އެއްބަސްވެފައެއްވެސް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް