މި ނޮވެމްބަރު މަހުގެ މިހާތަނަށް 10972 ފަތުރުވެރިން ރާއްޖެ އައިސްފި އެވެ.
ޓޫރިޒަމް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަށް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން ޖުމްލަ 51354 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އޭގެ ތެރެއިން ފަތުރުވެރިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓުވެފަ އެވެ.
މި އަހަރުގެ ފުރަތަމަ 3 މަސްދުވަހު ރާއްޖެ އައި 382760 ފަތުރުވެރިންނެވެ. އޭޕްރީލްމަހުން ޖުލައި މަހު 14 އާ ހަމައަށް ބޯޑަރު ބަންދުކޮށްފައި އޮތް މުއްދަތުގައ ިއައި 87 ފަތުރުވެރިންނާއެކު މިއަހަރު އެކު ޖުމްލަ 434201 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެއީ އެވްރެޖްކޮށް ބަލާނަމަ، ދުވާލަކަށް 2020 ފަތުރުވެރިން ކަމަށް ތަފާސް ހިސާބުންދައްކަ އެވެ.
ކޮވިޑުގެ ކުރިން ރާއްޖެއަށް އާންމު ގޮތެއްގައި ދުވާލަކު 5000 ފަތުރުވެރިން ދަތުރުކުރެ އެވެ.
ބޯޑަރު ހުޅުވާލައި ޓޫރިޒަމް ކުރިން އޮތް ހާލަތަށް ގެނައުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބަޖެޓު އަންނަ އަހަރު ބޮޑުކޮށްފައި ވާއިރު، މިހާރު ވެސް ފަތުރުވެރިން އަންނަ އަދަދު ދަނީ މަހުން މަހަށް ބަލާއިރު އިތުރު ވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް