ޕޮލިސް އިންޓެލަށް ވެގެން ފޭރުނު މައްސަލައިގާ މީހަކު ހައްޔަރުކޮށްފި

މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޕޮލިސް އިންޓެލް ކަމަށް ބުނެ ފަރިވާ ސްޓޭއިން ފޭރުނު މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނީ މި މައްސަލައިގެ ތ...

13 Nov 2020 | 10:47

މިދިޔަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ޕޮލިސް އިންޓެލް ކަމަށް ބުނެ ފަރިވާ ސްޓޭއިން ފޭރުނު މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ފިރިހެނަކު އިއްޔެ ހެނދުނު ހައްޔަރުކޮށްފައިވާކަމަށެވެ.

"ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައި" ފުލުހުން ބުނެފައިވެއެވެ.

ބުދަ ދުވަހު ފުލުހުން ބުނެފައިވާގޮތުގައި އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭ މަޖީދީމަގު، ފަރިވާ ސްޓޭއަށް ތިން މީހަކު ވަދެ ޕޮލިސް އިންޓެލިޖެންސް ކަމަށް ބުނެ ތިން މުވައްޒަފުން ކްލިޕް އަޅުވާ ބަނުމަށްފަހު އެތަނުގެ ބައެއް ތަކެތި ފޭރިގަތް މައްސަލަ އެދުވަހު ޕޮލިހަށް ހުށަހަޅާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް