އައިފޯން 12 ޕްރޯ މެކްސް އަދި އައިފޯން 12 މިނީއަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފި

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 12 ޕްރޯ މެކްސް އަދި އައިފޯން 12 މިނީއަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ. ރީތި އައު ޑިޒައިންތަކެއް ހިމެނޭ، އައިފޯން 12 ގެ މޮޑެލ...

13 Nov 2020 | 09:56

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯން 12 ޕްރޯ މެކްސް އަދި އައިފޯން 12 މިނީއަށް ޕްރީ އޯޑަރ ކުރުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.

ރީތި އައު ޑިޒައިންތަކެއް ހިމެނޭ، އައިފޯން 12 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއި އެކު، އެޖް-ޓު-އެޖް ސުޕަރ ރެޓިނާ އެކްސް.ޑީ.އާރް ޑިސްޕްލޭ  ހިމަނާފައިވެއެވެ.

ހަމައެއާއިއެކު، ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާއި އެކު، އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕް އަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕްއެވެ.

މިއަދުން ފެށިގެން މޫލީ މެދުވެރިކޮށް، ކަސްޓަމަރުންނަށް އައިފޯން 12 ޕްރޯ މެކްސް އަދި އައިފޯން 12 މިނީ، ޕްރީއޯޑަރ ކުރެވޭނެއެވެ.

އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/app އަށް ޒިޔާރަތް ކުރައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް