އެޗްޑީސީގެ ރޭޓިންގް ސީސީސީއަށް ދަށްކޮށްފި

ފިޗް ރޭޓިންސްއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ރޭޓިން "ބީ"އިން "ސީސީސީ"އަށް ދަށްކޮށްފި އެވެ. އެޗްޑީސީގެ ކްރެޑިޓް ރޭޓިންގް މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އޮތީ "ބީ ޕްލަސް" ރޭޓިނ...

13 Nov 2020 | 09:52

ފިޗް ރޭޓިންސްއިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ރޭޓިން "ބީ"އިން "ސީސީސީ"އަށް ދަށްކޮށްފި އެވެ.

އެޗްޑީސީގެ ކްރެޑިޓް ރޭޓިންގް މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އޮތީ "ބީ ޕްލަސް" ރޭޓިންގްގައެވެ. އެއީ 2019 ގެ މާޗު މަހުގައެވެ. އެއަށްފަހު އެ ރޭޓިންގް "ބީ" އަށް ދަށްކުރީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ.

ފިޗްއިން އެޗްޑީސީގެ ރޭޓިން ދަށްކުރީ ދައުލަތުގެ ދަރަނި ބޮޑުވުމުގެ ސަބަބުން ބޭރު ފައިޒާ ރިޒާވުގައި ހުންނަ މިންވަރު ދަށްވާނެ ކަމަށް ލަފާކުރެވޭތީ އެވެ. އެހެންކަމުން ސަރުކާރަށް ފައިސާ ހޯދުމުގައި ކުރިމަތިވަމުންދާ ދަތިތަކުގެ ސަބަބުން އެޗްޑީސީއަށް ފައިނޭންސިން ހޯދުމުގައި ވެސް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ފިޗްއިން ބުނެ އެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ފިޗް އިން ވަނީ ސީސީސީއަށް ދަށްކޮށްފަ އެވެ. ސީސީސީއަށް ރޭޓިން ދަށްވުމުން ބޭރު ގައުމުތަކުންނާއި މާލީ އިިދާރާތަކުން ލޯނު ހޯދުމުގައި ދަތިތަކާ ކުރިމަތިވާނެ އެވެ. ރާއްޖޭގެ ރޭޓިން ދަށްކުރި ސަބަބު ބަޔާންކޮށް ފިޗްއިން ބުނީ ކޮވިޑުގެ ސަބަބުންނާއި ދަރަނި ނަގައިގެން ހިންގާ މަޝްރޫއުތަކުގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރުވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް