ކަރަންޓީނުގައި ތިބޭ މީހުންގެ ރިލީސް ސާމްޕަލް ނަގާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސ) އިން ބުނީ މާފަންނު މަދުރަސާ އިން ނަގަމުން އައި ކަރަންޓީނު ސާމްޕަލް ނަގާ ގަޑިތަކަށް މިހާރު ބަދަކު ގެނެސްފައިވާ ކަމށެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހު ކަރަންޓީނު ސާމްޕަލް ނަގާނީ ހެނދުނު 09:00 އިން މެންދުރު އެކެއް ޖަހަންދެން ކަމަށެވެ. އަދި ހަވީރު ފަހަކުން ރޭގަނޑު 9 ޖަހަންދެން ކަމަށެވެ.
ހުކުރު ދުވަހު ކަރަންޓީނު ސާމްޕަލް ނަގާނީ 5 ން ރޭގަނޑު 9 އަށް ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މީގެ އިތުރުން ހުޅުމާލޭގައި ހުންނަ ފްލޫ ކްލިނިކް ހަފުތާގެ ކޮންމެ ދުވަހަކު ވެސް ހަވީރު 5 ން ރޭގަނޑު 9 ޖަހަންދެން ހުޅުވާފައި ހުންނާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް