ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުދު ސަމާލު ނެރެފި އެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު އިރުއޮއްސި7 ޖެހުމާއި ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި ބޯކޮށް...

13 Nov 2020 | 09:23

ރާއްޖޭގެ ހުރިހާ ހިސާބަކަށް ހުދު ސަމާލު ނެރެފި އެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ މިއަދު އިރުއޮއްސި7 ޖެހުމާއި ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އަދި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

މިއަދުގެ މިހާތަނަށް 3 ފަހަރު ހުދު ސަމާލު ނެރެފައިވާ އިރު، އެ އިދާރާއިން ބުނީ އެމްނެބޮޑަށް މޫސުން ގޯސްވާނެ ކަަމަށް ލަފާ ކުރެވެނީ މެދުރާއްޖެތެރޭ ހިސާބަށް ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން ޚާއްސަގޮތެއްގައި މޫސުމަށް ސަމާލުކަން ދީގެން ކަނޑުދަތުރު ކުރެއްވުމަށް އެ އިދާރާ އިން އެދެއެވެ.

މީގެ އިތުރުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާއިބެހޭ އެންމެފަހުގެ މަޢުލޫމާތު ބެލުމަށް ވެސް ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް