ގިނައިން ބަދަން ކެއުމަކީ އުމުރު ދިގުވާ ކަމެއް: ދިރާސާ

ބަދަނަކީ ކާލަން އަނގަޔަށް ވެސް މީރު އެއްޗެކެވެ. ފިހާރަތަކުން އާންމުކޮށް ގަންނަންވެސް ލިބޭ ބާވަތެކެވެ. އަދި ގިނަ ބަޔަކު އާންމުކޮށް ކާ ބާވަތަކަށް ވެސް ބަދަން ވާނެއެވެ. އާންމުކޮށް ބަދަންް ކެއުމަކީ ސިއްޚީ...

13 Nov 2020 | 08:55

ބަދަނަކީ ކާލަން އަނގަޔަށް ވެސް މީރު އެއްޗެކެވެ. ފިހާރަތަކުން އާންމުކޮށް ގަންނަންވެސް ލިބޭ ބާވަތެކެވެ. އަދި ގިނަ ބަޔަކު އާންމުކޮށް ކާ ބާވަތަކަށް ވެސް ބަދަން ވާނެއެވެ.

އާންމުކޮށް ބަދަންް ކެއުމަކީ ސިއްޚީ ގޮތުން ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ. އެގޮތުން ހާޓް އެޓޭކާއި ސްޓްރޯކްގެ ނުރައްކާ ކުޑަކޮށްދޭ ކަމެއް ކަމަށް  ދިރާސާތަކުން ދައްކައެވެ.

އެގޮތުން އެމެރިކާގެ ވެންޑާބިލްޓް ޔުނިވާސިޓީ އާއި ޝަންގްހައި ކެންސާ އިންސްޓިޓިއުޓް ގުޅިގެން ކުރި ދިރާސާއަކަށް ފަހު ޖޭއޭއެމްއޭ އިންޓާނަލް މެޑިސިން ޖާނަލް ގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ އާންމުކޮށް ބަދަން ކާ މީހުން ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމަށާއި އަދި އާންމުކޮށް ގަވައިދުން ބަދަން ކާ މީހުންގެ އުމުރު ދިގުވުމުގެ ފުރުސަތު ވެސް ބޮޑު ކަމަށެވެ.  ބަދަނަކީ ފަސޭހައިން ލިބެން ހުންނަ އެއްޗަކަށް ވާއިރު ހިތުގެ ބަލިތަކާ ދެކޮޅަށް ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ފަރުވާއެއް ކަމަށް ވެސް މި ދިރާސާގައި ބުނެފައިވެ އެވެ.

ސައިންސްވެރިން ބުނާ ގޮތުން ބަދަނުގެ ފައިދާ ހަށިގަނޑަށް ކުރާ ގޮތް ބެލުމަށް ކުރިން މިފަދަ ދިރާސާއެއްކޮށްފައި ނުވިނަމަވެސް މި ދިރާސާ އިން އެނގުނު ގޮތުގައި ބަދަނުގެ ފައިދާ ހުރިހާ ނަސްލުތަކެއްގެ އެންމެނަށް ވެސް އެއްގޮތަކަށް ކުރެއެވެ.

މި ދިރާސާގައި އެމެރިކާ އިން ކަޅު ނަސްލާއި ދޮން ނަސްލުގެ 60،000 މީހުން ބައިވެރިކޮށްފައިވާއިރު ޝަންހައި އިން 120،000 މީހުން ބައިވެރިކޮށް މައުލޫމާތު ނަގާފައިވެ އެވެ. ރިޕޯޓްގައި ބުނެފައި ވަނީ ތިން ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ގަވާއިދުން ބަދަން ކާ މީހުންނަށް ކުރިމަތިވާ ހިތުގެ މައްސަލަތައް ކުޑަ ކަމަށެވެ.

ޕީނަޓް އަކީ ހަށިގަނޑަށް ބޭނުންވާ ނިއުޓްރިއެންޓްސް އާއި މިނެރަލްސް އަދި އެންޓިއޮކްސައިޑެންޓްސް އާއި ވިޓަމިން އިން މުއްސަނދިވެފައިވާ އެއްޗެކެވެ. ހިތުގެ ބަލިތަކުގެ އިތުރުން ކެންސަރާއި ނާރުގެ ބަލިތަކާއި އަލްޒެއިމާ އަދި ވައިރަލް/ފަންގަލް އިންފެކްޝަންތަކަށް ވެސް މިއީ ރަނގަޅު އެއްޗެއް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް