ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް: ކަންމަތި ސްޕޯޓްސް ކުލަބު އަދި ގޯޅި ސްޕޯޓްސް ކުލަބު ފައިނަލަށް

ލ. ފޮނަދޫ ކުރިގަމު އަވަށު ޒުވާނުންގެ ޓީމަކުން އިސްނަގައިގެން ބާއްވާ “ދި ޖެމްކިޗަން ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020” ގެ ފައިނަލަށް ކަންމަތި ސްޕޯޓްސް ކުލަބާއި ގޯޅި ސްޕޯޓްސް ކުލަބު ދަތުރު ކޮށްފިއެވެ. ...

13 Nov 2020 | 06:48

ލ. ފޮނަދޫ ކުރިގަމު އަވަށު ޒުވާނުންގެ ޓީމަކުން އިސްނަގައިގެން ބާއްވާ “ދި ޖެމްކިޗަން ޔުނިޓީ ޔޫތް ފުޓްސަލް ޗެލެންޖް 2020” ގެ ފައިނަލަށް ކަންމަތި ސްޕޯޓްސް ކުލަބާއި ގޯޅި ސްޕޯޓްސް ކުލަބު ދަތުރު ކޮށްފިއެވެ.

މިދިޔަ އޮކްޓޫމަހުގެ 31 ވަނަ ދުވަހު ފެށުނު މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ވާ ހޮނިހިރު ދުވަހުގެރޭ ގައެވެ.

ކަންމަތި ސްޕޯޓްސް އަދި ގޯޅި ސްޕޯޓްސް ކުލަބު މުބާރާތުގެ ފައިނަލުން ޖާގަ ހޯދިއިރު، ކަންމަތި ސްޕޯޓްސް ކުލަބު މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުން ފެށިގެން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ނަމަވެސް ގޯޅި ސްޕޯޓްސް ކުލަބު ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއް މެޗުން ބަލިވެފައެވެ.

މުބާރާތުގެ ފައިނަލަށް މި ދެޓީމު ދަތުރު ކުރި އިރު، ގްރޫޕް ސްޓޭޖުގައި ވެސް މި ދެޓީމު ވަނީ ބައްދަލުކޮށްފައެވެ. އެ މެޗު 2-4 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ ކަންމަތި ސްޕޯޓްސް ކުލަބުންނެވެ.

ކަންމަތި ސްޕޯޓްސް ކުލަބު މުބާރާތުގެ ފައިނަލަށް ދަތުރު ކުރުން:

ގްރޫޕް ސްޓޭޖް:

ކަންމަތި ސްޕޯޓްސް ކުލަބު - ގޯޅި ސްޕޯޓްސް ކުލަބު: 4-2

ކަންމަތި ސްޕޯޓްސް ކުލަބު - ޑީކޭއެންޒެޑް: 5-2

ކަންމަތި ސްޕޯޓްސް ކުލަބު - އައުޓްރީސް ސްޕޯޓްސް ކުލަބް: 2-5

ކުއާޓާ ފައިނަލް:

ކަންމަތި ސްޕޯޓްސް ކުލަބު - އެމްވީ އެކްސްޕްރެސް: 5-1

ސެމީ ފައިނަލް:

ކަންމަތި ސްޕޯޓްސް ކުލަބު - ލާމު ބްލޫސް: 12-2

ގޯޅި ސްޕޯޓްސް ކުލަބް މުބާރާތުގެ ފައިނަލަށް ދަތުރު ކުރުން:

ގްރޫޕް ސްޓޭޖް:

ގޯޅި ސްޕޯޓްސް ކުލަބް - ކަންމަތި ސްޕޯޓްސް ކުލަބް: 2-4

ގޯޅި ސްޕޯޓްސް ކުލަބް - އައުޓް ރީފް: 4-1

ގޯޅި ސްޕޯޓްސް ކުލަބް - ޑީކޭއެންޒެޑް: 14-0

ކުއާޓާ ފައިނަލް:

ގޯޅި ސްޕޯޓްސް ކުލަބް - ކަންމަތި އެފްސީ: 10-2

ސެމީ ފައިނަލް:

ގޯޅި ސްޕޯޓްސް ކުލަބް - ފެހިވެށީ: 9-0

މުބާރާތުގެ ފައިނަލަށް ކަންމަތި ސްޕޯޓްސް ކުލަބު ދަތުރު ކުރީ ރޭ ސެމީގައި ލާމު ބްލޫސް 2-12 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ. އަދި ގޯޅި ފައިނަލަށް ދަތުރު ކުރީ0-9 ގެ ނަތީޖާއިން ފެހިވެށި ބަލިކުރުމަށް ފަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް