އަންނަ އަހަރު ޔޫރޯގައި ކުޅޭނެ 24 ގައުމު ޔަގީން ވެއްޖެ

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނެ 24 ޓީމު ޔަގީން ވެއްޖެ އެވެ. ރެއާއި ހަމައަށް މުބާރާތުގައި ވާދަކުރާނެ 20 ޓީމެއް ޔަގީން ވެފައި އޮތްއިރު ޔޫރޯގެ އެންމެ ފަހު ހަ...

13 Nov 2020 | 04:07

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނެ 24 ޓީމު ޔަގީން ވެއްޖެ އެވެ. ރެއާއި ހަމައަށް މުބާރާތުގައި ވާދަކުރާނެ 20 ޓީމެއް ޔަގީން ވެފައި އޮތްއިރު ޔޫރޯގެ އެންމެ ފަހު ހަތަރު ޖާގަ ލިބުނު ޓީމުތައް ޔަގީން ވީ ރޭ ކުޅުނު ޕްލޭ އޯފް މެޗްތަކަށް ފަހުގައެވެ.

ރޭ ކުޅުނު ޕްލޭ އޯފް މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ފަހު ހަތަރު ޖާގަ ކަށަވަރުކޮށްފައިވަނީ ނޯތު މެސެޑޯނިއާ، ސްކޮޓްލެންޑް، ސްލޮވާކިއާ އަދި ހަންގޭރީ އެވެ.

ޔޫރޯ ކޮލިފައިންގައި ކުޅުނު އެންމެ ފަހު މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު،

ނޯތު މެސެޑޯނިއާ - ޖޯޖިއާ: 1-0

ސްލޮވާކިއާ - ނޯދަން އަޔަލޭންޑް: 2-1

ސްކޮޓްލެންޑު - ސާބިއާ: 1-1 (4-5)

އައިސްލޭންޑް - ހަންގޭރީ: 1-2

އަންނަ އަހަރުގެ ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮޅިފައިވެފައިވާ 24 ޓީމު ގްރޫޕްތަކަށް ބެހިފައިވާ ގޮތް ތިރީގައި އެވަނީ އެވެ.

ގްރޫޕް އޭ : ތުރުކީ، އިޓަލީ، ވޭލްސް، ސްވިޒަލޭންޑް

ގްރޫޕް ބީ: ބެލްޖިއަމް، ޑެންމާކް، ފިންލެންޑް، ރަޝިޔާ

ގްރޫޕް ސީ: އޮސްޓްރިއާ، ނެތަލޭންޑްސް، ނޯތު މެސެޑޯނިއާ، ޔޫކުރެއިން

ގްރޫޕް ޑީ: ކްރޮއޭޝިއާ، ޗެކް ރިޕަބްލިކް، އިންގްލެންޑް، ސްކޮޓްލެންޑް

ގްރޫޕް އީ: ޕޮލެންޑް، ސްޕެއިން، ސްވިޑަން، ސްލޮވާކިއާ

ގްރޫޕް އެފް: ފްރާންސް، ޖާމަނީ، ޕޯޗުގަލް، ހަންގޭރީ

އަންނަ އަހަރުގެ ޖޫން 11 ގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތް ޔޫރަޕްގެ ތަފާތު 12 ގައުމެއްގަ އެވެ. އެއީ އަޒަރުބައިޖާން، ބެލްޖިއަމް، ޑެންމާކް، އިންގްލެންޑް، ޖަރުމަނު، ހަންގޭރީ، އިޓަލީ، ނެދަލެންޑްސް، ރިޕަބްލިކް އޮފް އަޔަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް