ފުވައްމުލަކުގައި ޑިންގީއަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް، އިތުރު ފަރުވާއަށް އެކަކު މާލެ ގެންނަނީ

ފުވައްމުލަކު ސިޓީގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ. އެކްސިޑެންޓު ހިނގީ ރޭގެ ވަގުތެއްގައި ފުވައްމުލަކު ސިޓީގެ ބޮޑުފަންނާ ދިމާލު ކަނޑުމަތީގަ އެވެ. މި ހާދިސާގައި ...

13 Oct 2026 | 11:56
އެކްސިޑެންޓުގައި ޑިންގީއަށް ލިބިފައި -- ފޮޓޯ: ސޯޝަލް މީޑިއާ

އެކްސިޑެންޓުގައި ޑިންގީއަށް ލިބިފައި -- ފޮޓޯ: ސޯޝަލް މީޑިއާ

ފުވައްމުލަކު ސިޓީގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެކްސިޑެންޓު ހިނގީ ރޭގެ ވަގުތެއްގައި ފުވައްމުލަކު ސިޓީގެ ބޮޑުފަންނާ ދިމާލު ކަނޑުމަތީގަ އެވެ. މި ހާދިސާގައި ދެ މީހަކަށް އަނިޔާވެފައިވެ އެވެ.

ލިބިފައިވާ މައުލޫމާތާއި ހަވާލާދީ ފުލުހުން މީޑިއާގައި ބުނީ އެ ހާދިސާ ހިނގީ "ސަދަން ސްޕޯޓްސް ފިޝިން" ނަމަކަށް ކިޔާ ލޯންޗު ދުއްވާފައި ދަނިކޮށް، ބޮޑުފަންނު ކައިރީގައި މަޑުކޮށްގެން އޮތް ޑިންގީގައި ޖެހިގެންނެވެ. ހާދިސާ ހިނގި އިރު ޑިންގީގައި ތިން މީހުން ތިބި ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާ ލިބުނު މީހުންނާއި ޑިންގީގައި ދެން އިން މީހާ އެކްސިޑެންޓުވުމުން ލޯންޗަށް ނަގައި ވަގުތުން ހޮސްޕިޓަލަށް ގެންގޮސްދީފައިވެ އެވެ. މި ހާދިސާގައި އަނިޔާ ލިބުނު މީހުންގެ ތެރެއިން މާލެ ގެންނަނީ ބޮލަށް އަނިޔާތަކެއް ލިބުނު މީހެކެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓުގައި ޑިންގީއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް