ބަނގުރަލުގެ މައްސަލައިގަ ހައްޔަރު ކުރި މީހުން -- ފޮޓޯ: ޕޮލިސް
މާލޭގައި ހިންގާ ބަނގުރާ ވިއްކާ ނެޓުވޯކުން ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި އެމީހުން ހައްޔަރު ކުރީ އިއްޔެ އެވެ. ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރު ކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އަލް އަމީން (34އ) އާއި، ޕޮލިން (43އ) އާއި، އެމް.ޑީ. ރަކިބް ހޮސެން (25އ) އެވެ. މި ތިންމީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.
އެ މީހުން ހައްޔަރުކޮށްފައި ވަނީ މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރު މާދޫގެ ބަލައިފާސްކޮށްފައެވެ. މި އޮޕަރޭޝަންގައި 826 ފުޅި ބަނގުރާ އަތުލައިގަނެފައިވެއެވެ.
އޮޕަރޭޝަން ހިންގާފައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް