ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް
ރައްޔިތުންގެ މަޖިލީހުގައި ކަރަންޓު ނެތުމުން މިއަދުގެ ޖަލްސާ ފަށާ ގަޑި ފަސްކޮށްފި އެވެ.
މަޖިލީހުގެ އިދާރާއިން ބުނީ ހެނދުނު 9:00 ގައި ފަށަން ހަމަޖެހިފައިވާ ޖަލްސާ ފަށާނީ 11:00 ގައި ކަމަށެވެ. މިއަދު ބާއްވަން ހަމަޖެހިފައިވަނީ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިންވަނަ ޖަލްސާއެވެ
މީގެކުރިން ވެސް މަޖިލީހުގެ ޖަލްސާ އޮންނަ ދުވަސްދުވަހު އެ އިދާރާއިން ކަރަންޓު ކެނޑިފައިވާ އިރު، ބައެއް ފަހަރު ޖަލްސާ ކުރިއަށްދަނިކޮށް ވެސް ކަރަންޓު ކެނޑުމުގެ ހާދިސާތައް ހިނގާފައިވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިޔަށް ގެންދިއުމަށް އެޖެންޑާ ކޮށްފައިވަނީ ޔައުމިއްޔާ ފާސްކުރުމާއި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް ހުށަހަޅުއްވާފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިޔުމެވެ.
މީގެއިތުރުން ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުން ވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް