ފުލުހަކު މަގުމަތީގައި ޓްރެފިކް ބަލަހައްޓަނީ -- ފޮޓޯ: ޕޮލިސް
އާޓިފިޝަލް ބީޗުގައި އާންމުންނަށް އުނދަގޫވާ ގޮތަށް ބަޔަކު އުޅުމުން ފުލުހުން ހަރަކާތްތެރިވެއްޖެ އެވެ.
ފުލުހުން މީޑިއާގައި ބުނީ ލިބުނު ރިޕޯޓަކާއި ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް ފިޔަވަޅު އެޅި ކަމަށެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި އަޑުގަދަކޮށް އުނދަގޫވާގޮތަށް އުޅުނީ ދެ މީހަކު ކަމަށެވެ.
ބެލެވޭ ގޮތުގައި އެއީ ސިކުނޑީގައި އުނިކަމެއް ހުރި ބައެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެހެންވެ އެ ފަދަ ފަރާތްތަކާއި މެދު އަމަލު ކުރާނެ ގޮތެއް ކަމާ ގުޅޭ އުދާރާތަކާއި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވެ އެވެ.
މިކަން ހިނގި އިރު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެ ދެމީހުން ބީޗު ސަރަހައްދުގައި ހަޅޭއްލަވައި އަޑުގަދަކޮށް މީހުންނަށް ބިރު ދެއްކި ކަމަށެވެ. ބިރު ދައްކަން ކަތުރު ފަދަ ތޫނު އެއްޗެއްވެސް ބޭނުން ކުރި ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ފުލުހުން ވަނީ އެމީހުން އެ ބާވަތުގެ އެއްޗެއް ގެންގުޅުނުކަން ފާހަގަ ނުވާކަމަށް ބުނެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް