ރަސްމީ ދަތުރުފުޅެއްގައި ރައީސް ށަވިޔަންޏަށް - ފުރަތަމަ މަންޒިލަކަށް ނޫމަރާ

ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ށ. އަތޮޅަށް ފުރާވަޑައިގެންފިއެވެ. ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ އެ އަތޮޅު ނޫމަރާއަށް މިހާރު ވަނީ...

13 Oct 2025 | 06:20
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫމަރާގައި - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫމަރާގައި - ފޮޓޯ: ރައީސް އޮފީސް

ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ށ. އަތޮޅަށް

ފުރާވަޑައިގެންފިއެވެ.

ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމުގައިވާ އެ އަތޮޅު ނޫމަރާއަށް މިހާރު ވަނީ ވަޑައިގެންފައެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ

މި ދަތުރުފުޅުގައި، އެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ

ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ

ކުރައްވާނެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ

ހާލު ބައްލަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު

އުތުރުބުރީގައި މީހުން ދިރިއުޅޭ 14ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށާއި އެގޮތުން

އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ،

ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ

އަދި މާއުނގޫދޫއަށް ކަމަށް ބުނެފައިވެއެވެ.

މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެއް

ރައީސް އޮފީހުން ބުނެފައިވެއެވެ.

އެ އޮފީހުން ބުނެފައިވާގޮތުގައި މި ދަތުރުފުޅުގައި،

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ‎ބައެއް ވަޒީރުންނާއި

ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް