ރާއްޖެއިން މިއަދު ކޯވިޑް-19 އަށް ޕޮސިޓިވްވީ 50 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން އާންު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު މާލެއިން ޕޮސިޓިވްވީ 46 މީހުންނެވެ. އަނެއް ހަތަރު މީހުންނަކީ އަތޮޅު ތެރެއިން ޕޮސިޓިވްވި މީހުންނެވެ.
ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 48 ދިވެހިންނާއި ދެ ބިދޭސީންނެވެ. މިއަދު ޓެސްޓުކޮށްފައިވަނީ 1،389 ސާމްްޕަލެވެ.
ބައްޔަށް މިހާރު ފަރުވާ ދެމުން ދަނީ 1،118 މީހުންނަށެވެ. އޭގެ ތެރެއިން 67 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން 9،833 މީހުން މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް-19 ޖެހިފައިވަނީ 10،933 މީހުންނަށެވެ. އޭގެ ތެރެއިް 35 މީހުން ވަނީ މަރުވެފައި އެވެ.
https://twitter.com/HPA_MV/status/1316060953943969794
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް