ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ކޯވިޑް ވެކްސިންގެ ހިއުމަން ޓްރަޔަލްސް މަރުހަލާ ވަގުތީ ގޮތުން މެދުކަނޑާލައިފި

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ހިއުމަން ޓްރަޔަލްސް މަރުހަލާ ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ. ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް...

13 Oct 2020 | 14:58

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ ހިއުމަން ޓްރަޔަލްސް މަރުހަލާ ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން އުފެއްދުމުގެ މަސައްކަތް މެދުކަނޑާލީ ޓްރަޔަލްގައި ބައިވެރިންތަކަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހުމާއި ގުޅިގެން ނެވެ.

ޖޯންސަން އެންޑް ޖޯންސަން އަކީ ކޮވިޑް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުންދާ ހަތަރުވަނަ ކުންފުންޏެވެ. އަދި މިހާރު ތިންވަނަ ޓްރަޔަލް މަރުހަލާ (ހިއުމަން ޓްރަޔަލްސް) ފަށާފައިވާއިރު، މި ޓްރަޔަލްގައި 60،000 ވޮލެންޓިއަރުން ވަނީ ބައިވެރިކޮށްފަ އެވެ.

ޓްރަޔަލްގެ ބައިވެރިއަކު ގޮތް ނޭނގޭ ގޮތަށް ބަލިވުމާ ގުޅިގެން، މި ބަލީގެ ކަންކަން ދެނެގަތުމަށް ދިރާސާ ކުރަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވާއިރު، ބަލިވި މީހުންގެ އިތުރު ޓެސްޓުތައް އަންނަނީ ކުރަމުން ނެވެ. އަދި ބަލަން ޖެހޭ ހުރިހާ ކަމެއް ބަލައި ދިރާސާ ކުރުމަށްފަހު މައުލޫމާތު ހިއްސާ ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ވެކްސިންގެ ޓްރަޔަލް މަރުހަލާތައް މަޑުޖައްސާލަން ޖެހުމަކީ މައްސަލައެއް ނޫން ކަމަށާއި އެގޮތުން، "ކްލިނިކަލް ހޯލްޑް" އާއި "ސްޓަޑީސް ޕޯސް" މިއީ ތަފާތު ދެކަމެއް ކަން ފާހަގަކޮށް ޖޯންސަން އެންޑް ޖޯންސަންއިން ބުނެފައިވަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޓްރަޔަލްތައް އަލުން ފެށުމަށް ހުއްދަ ލިބިގެން ދާނެ ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަން ކުންފުނީގެ އަމާޒަކީ، އަހަރަކު މި ވެކްސިންގެ އެއް ބިލިއަން ޑޯޒް އުފެއްދުމެވެ. އަދި މި ވެކްސިން ކާމިޔާބުވެއްޖެނަމަ، ގިނަ ބަޔަކަށް މި ވެކްސިން ލިބޭނެ މަގުފަހި ކޮށްދޭނެ ކަމަށް އެ ކުންފުނިން ވަނީ މީގެކުރިން ބުނެފަމ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް