ރޮނާލްޑޯ ކޯވިޑް-19 އަށް ޕޮޒިޓިވް ވެ، އައިސޮލޭޝަނަށް ހިނގައްޖެ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑް-19 އަށް ޕޮޒިޓިވް ވެ، އައިސޮލޭޝަނަށް ހިނގައްޖެ އެވެ. ގައުމީ ޓީމާއެކު މެޗުތަކެއް ކުޅުމަށް ހުރި ރޮނާލްޑޯ، ކޯވިޑަށް ޕޮޒިޓިވް ވުމުން އެގައުމުގެ ފުޓްބޯޅަ އިދާރާ ...

13 Oct 2020 | 14:50

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޯވިޑް-19 އަށް ޕޮޒިޓިވް ވެ، އައިސޮލޭޝަނަށް ހިނގައްޖެ އެވެ.

ގައުމީ ޓީމާއެކު މެޗުތަކެއް ކުޅުމަށް ހުރި ރޮނާލްޑޯ، ކޯވިޑަށް ޕޮޒިޓިވް ވުމުން އެގައުމުގެ ފުޓްބޯޅަ އިދާރާ އިން ބުނެފައިވަނީ އޭނާ މިހާރު ވަނީ އައިސޮލޭޓް ވުމަށް ސްކޮޑު ދޫކޮށް ގޮސްފައި ކަމަށެވެ.

"އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނޭ. ނަމަވެސް އޭނާ މިހާރު ވަނީ އައިސޮލޭޓްކޮށްފަ" ޕޯޗުގަލް ގައުމީ ޓީމުން ބުންޏެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ މާދަމާ ރޭ ޕޯޗުގަލް އިން ސްވިޑެން އާއި ދެކޮޅަށް ނިކުންނާނެއެވެ.

ގްރޫޕް ސްޓޭޖުގައި މިހާތަނަށް ޕޯޗުގަލް އިން ތިން މެޗު ކުޅެފައިވާއިރު އެޓީމު އޮތީ ހަތް ޕޮއިންޓާ އެކު ގްރޫޕްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ފްރާންސަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ޕޯޗުގަލް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް