ތާޕްސީ ރާއްޖޭގައި އެއުޅެނީ އޭނާގެ ލޯބިވެރިޔާ މަތިއަސް ބޮއެ އާވެސް އެކުގައި

ބޮލީވުޑް ތަރި ތާޕްސީ ޕަންނޫ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ލޯބިވެރިޔާ މަތިއަސް ބޮއެ އާވެސް އެކީގައިވެސް އެނގިގެން ގޮސްފިއެވެ. މިކަން އެނގިގެންގޮސްފައިވަނީ މަތިއަސް ބޮއެ އޭނާގެ އިންސްޓާ...

13 Oct 2020 | 13:56

ބޮލީވުޑް ތަރި ތާޕްސީ ޕަންނޫ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ލޯބިވެރިޔާ މަތިއަސް ބޮއެ އާވެސް އެކީގައިވެސް އެނގިގެން ގޮސްފިއެވެ.

މިކަން އެނގިގެންގޮސްފައިވަނީ މަތިއަސް ބޮއެ އޭނާގެ އިންސްޓާގްރާމްގައި ކޮށްފައިވާ ރޮމޭންޓިކް ޕޯސްޓްތަކެއްގައެވެ.

ތާޕްސީގެ 30 ވަނަ އުފަންދުވަހުގެ މުނާސަބާވެސް ރާއްޖޭގައި މި ދެ ލޯބިވެރިން އެކުގައި ފާހަގަކުރަމުން އަންނައިރު މަތިއަސް ބޮއެގެ އެއް ޕޯސްޓްގައި ބުނެފައިވަނީ ތާޕްސީ އަބަދުވެސް އުފަލުގައި ބަހައްޓަން އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ ކުރިން އެނގިފައި އޮތީ ތާޕްސީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ދެ ކޮއްކޮއާއިއެކުގައި ކަމެވެ. މަތިއަސް ބޮއެ ރާއްޖޭގައި އުޅޭކަން އެނގިފައެއް ނުވެއެވެ.

މަތިއަސް ބޮއެ އަކީ ޑެންމާކުގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް