ޖުވެނައިލް ކޯޓަށް އަންހެން ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫގެ22 ވަނަ މާއްދާގެ ހަ ދަށުން ދެ ޖިންސުގެ ފަނޑިޔާރުން ޖުވެނައިލް ކޯޓަށް އައްޔަން ކުރަން ޖެހޭ ކަމަށެވެ. ވަކި ޖިންސެއްގެ ފަނޑިޔާރަކު އެ ކޯޓަށް ހޯދަން އިއުލާނު ކުރީ މި ގާނޫނުގެ ދަށުން ކަމަށް ބުނެ އެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އިސްލާމީ ޝަރީޢާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން ހިމެނެ އެވެ. ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހެ އެވެ.
އަދި އުމުރުން 25 އަހަރުވެފައިވާ އަންހެނަކަށް ވާންޖެހެ އެވެ.
މި މަގާމުގެ މުސާރައަކީ 30،000 ރުފިޔާ އެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި 1،650 ރުފިޔާ ލިބެ އެވެ.
މަގާމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ26 ވަނަ ދުވަހެވެ. މަގާމަށް ކުރިމަތިލާ ފަރާތްތަކުން ފޯމް ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް