ކޯވިޑް-19: ލ.ގަމުން އަނެއްކާވެސް އިތުރު 3 މީހަކު ފައްސިވެއްޖެ

ލ. ގަމުން އަނެއްކާވެސް އިތުރު 3 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ގަމު ރީޖަނަލް ހޮސްޕިޓަލުން ދާދި ދެންމެއަކު ބުނީ ލ.ގަމުން 13 އޮކްޓޯބަރު 2020 (މިއަދު) ނަގާފައިވާ ސުންކު ތަކުން މިވަގުތާއި ހަމައަށ...

13 Oct 2020 | 10:34

ލ. ގަމުން އަނެއްކާވެސް އިތުރު 3 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ދާދި ދެންމެއަކު ބުނީ ލ.ގަމުން 13 އޮކްޓޯބަރު 2020 (މިއަދު) ނަގާފައިވާ ސުންކު ތަކުން މިވަގުތާއި ހަމައަށް ތިން ފަރާތެއްގެ ސުންކު ވަނީ ކޮވިޑް19 އަށް ފައްސިވެފައި ކަމަށެވެ.

އަދި އޭގެ ތެރޭގައި ހިމެނެނީ ތުނޑީ އަވަށުގައި ހޯމް ކަރަންޓީންގައި ތިބި ދެ ފަރާތެއްގެ އިތުރުން އެމް.އެން.ޑީ.އެފް ކްލަސްޓަރ އާއި ގުޅުންހުރި ފަރާތެއް ކަމަށް ގަމު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އަދި މިވަގުތު ލ. ގަމުގައި ފައްސިވެފައިވާ 3 ފަރާތެއް ހޯމް އައިސޮލޭޝަން ގައި އެބަތިބި ކަމަށާއި އަދި އެމް.އެން.ޑީ.އެފް ކްލަސްޓަރ ގެ މިވަގުތު ޖުމްލަ އަކީ 59 ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ގައު ހޮސްޕިޓަލުން އިތުރަށް ވިދާޅުވީ ހޯމް ކަރަންޓީން ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ގެ މަސައްކަތް މިހާރު ވަނީ ފެށިގެން ކުރިޔައް ދާ ކަމަށެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް