ދިޔަރެސް އޮންލައިންގެ ދެ ނޫސްވެރިއަކަށް މަގުމަތިން ހަމަލާދިން މައްސަލަ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ކުށްވެރިކޮށްފި އެވެ.
އެ ޖަމިއްޔާއިން ބުނީ އެ އޮންލައިންގެ ދެ ނޫސްވެރިން ކަމަށްވާ އަހުމަދު އަޒާން އާއި ނާހިލް އަހުމަދަށް މަގުމަތިން ފުރައްސާރަކޮށް ބިރު ދެއްކި މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންގެ ކިބައިން އެދޭ ކަމަށެވެ.
އެ ޖަމިއްޔާއިން ބުނީ ނޫސްވެރިންނަށް ބިރު ދައްކައި ފުރައްސާރަ ކުރުން ހުއްޓުވުމަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ އެފަދަ އަމަލުތައް ހިންގާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ. އިންސާފު ލަސްވެގެން ދިއުމަކީ ނޫސްވެރިކަމަށް އޮތް ހުރަހެއް ކަމަށް ބުންޏެވެ.
https://twitter.com/mjamaldives/status/1315901778127249408
އެ ޖަމިއްޔާއިން ވަނީ ނޫސްވެރިންނަށް ދިމާވާ މިފަދަ މައްސަލަތައް ވީހާވެސް އަވަހަކަށް އެޖަމިއްޔާއަށް ހުށަހެޅުމަށް އެދިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް