މިއީ ވެރިކަން ހިންގަމުންދާ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅި އިސްލާހާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ.
އެކަމަކު މިއީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ބަހުސެއް ފަށަންވީ ވަގުތު ނޫން ކަމަށެވެ. ނަޝީދު ވިދާޅުވީ ނިޒާމު ބަދަލު ކުރަންޖެހޭ ކަމަށް ގަބޫލު ކުރެއްވިޔަސް ޖާޞިރު ހުށަހަޅުއްވާފައިވަނީ އެބާވަތުގެ އިސްލާހެއް ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޖާބިރުގެ އިސްލާހަށް ތާއީދު ނުކުރެއްވިޔަސް މަޖިލީހަށް ހުށަހެޅޭ މިފަދަ މައްސަލައް ކުރިޔަށް ގެންދަވާނެ ކަމަށެވެ. އަދި މި ބިލާއި މެދު ބަހުސް ކުރުމަށް ފަހުު ގޮތެއް މަޖިލީހުގެ މެމްބަރުން ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި އަމަލު ކުރަމުންދަނީ ރިޔާސީ ނިޒާމަށެވެ. މި ނިޒާމު ބަދަލު ކުރަން މަޖިލީހުން ފާސްކުރިޔަސް ރައްޔިތުންގެ ވޯޓަކުން ނޫނީ ނިޒާމު ބަދަލެއް ނުުރެވޭނެ އެވެ.
ނިޒާމު ކަނޑައެޅުމަށް ރާއްޖޭގައި ވޯޓު ނެގީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި2007 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް