ފީވަކު ބަނދަރުގެ އެއްގަމު ތޮށީލުމުގެ މަސައްކަތް ފަށައިފި

ށ. ފީވަކު ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރިޓްގެ މަސައްކަތް ފަށައިފި އެވެ. މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެވެ. އެ ކުންފުނިން ބުނީ ފީވަކު ބަނދަރުގެ މަ...

13 Oct 2020 | 04:51

ށ. ފީވަކު ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރިޓްގެ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއި އެވެ. އެ ކުންފުނިން ބުނީ ފީވަކު ބަނދަރުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 31،303 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލާނެ އެވެ.

އެމްޓީސީސީން ބުނީ ފީވަކު ބަނދަރު ހަދާ ނިމޭއިރު 504 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލައި، 70 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހާނެ ކަމަށެވެ. މީގެ އިތުރުން 2،320 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާޅުކޮށްފައިވާ މި މަޝްރޫއަކީ 69.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގައި ސޮއިކުރެވިފައިވަނީ މިދިޔަ އަހަރުގެ ޖުލައި ދެ ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް