"އިންޑިއާ އައުޓް"ގެ ހަގީގަތް އިތުރަށް ސާފުކޮށްދޭން ނަޝީދު މަސައްކަތް ކުރައްވަނީ

"އިންޑިއާ އައުޓް" ގެ ނަމުގައި ރާއްޖޭގައި ހިންގާ ހަރަކާތްތަކުގެ ހަގީގަގަތް ބައިނަލްއަގުވާމީ ވަރަށް ގިނަ އިދާރާތަކަށް އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ސަރ...

13 Sep 2020 | 14:58

"އިންޑިއާ އައުޓް" ގެ ނަމުގައި ރާއްޖޭގައި ހިންގާ ހަރަކާތްތަކުގެ ހަގީގަގަތް ބައިނަލްއަގުވާމީ ވަރަށް ގިނަ އިދާރާތަކަށް އެނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އިންޑިއާ އާއި އެކު ބާއްވަމުންދާ ހާއްސަ ގާތް ގުޅުމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ކުރިޔަށް ގެންދާ މިހަރަކާތަކީ ހަރުކަށި ފިކުރަށް ތާއީދު ކުރާ މީހުން ރާވައި އިންތިޒާމް ކުރާ ހަރަކާތެއް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ރައީސް ނަޝީދު ވިދާޅުވި އެވެ. އާންމުންނަށް އެކަން ސާފުކޮށްދެއްވުމުގެ ގޮތުން މިއަދު ހަވީރު ވަނީ ޓުވީޓެއް ކުރައްވާފައި އެވެ.

އެ ޓުވީޓުގައި ވިދާޅުވީ އިންޑިއާ އައުޓް އޭ ކިޔައި ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިސިސްގެ ސެލްތަކުން ކަމަށެވެ. އެކަން ވަރަށް ގިނަ ބައިނަލްއަގުވާމީ އިދާރާތަކަށް މިހާރު ސާފު ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ އިން މި ޝިއާރު ބޭނުން ކުރަން އެދޭނަމަ އެ ބާރު ދެވެނީ އައިސިސް މި ރާއްޖެ ހިފުމަށް ކަމަށެވެ.

https://twitter.com/MohamedNasheed/status/1305133243163791362

ނަޝީދު މިހެން ވިދާޅުވީ އިއްޔެ މާލޭގައި ސަރުކާރާއި ދެކޮޅަށް ގިނަ ބަޔަކު ބައިވެރިވެގެން ސައިކަލު ބުރެއް ބާއްވާފައިވަނިކޮށެވެ. އަދި އެ ހަކަރާތަށް އިދިކޮޅު ފަރާތްތަކުން ތައީދުކޮށް އެ ހަރަކާތުގައި ބައިވެރިވެފައިވެ އެވެ.

އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާއި ސަރުކާރާއި އިންޑިއާ އާއި ދެމެދު އޮންނަ ހާއްސަ ގުޅުމާއި ދެކޮޅަށް ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިނެއް ކުރިޔަށް ގެންދަމުންނެވެ. މި ހަރަކާތުގައިވެސް އިސްކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް ހަދަނީ އިދިކޮޅު ކޯލިޝަންގެ އެކްޓިވިސްޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް