ޕްރިންސިޕަލުންގެ ހައްގެއް ނުގެއްލޭނެ، ނުރުހުމުގައި އެއްވެސް ކަމެއް ނުކުރާނަން: މިނިސްޓްރީ

ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލެއް ހެދިޔަސް ޕްރިންސިޕަލުންގެ ނުރުހުމުގައި އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން...

13 Sep 2020 | 14:26

ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލެއް ހެދިޔަސް ޕްރިންސިޕަލުންގެ ނުރުހުމުގައި އެއްވެސް ނިންމުމެއް ނުނިންމާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ގަވައިދާއި ގުޅިގެން ގިނަ ޕްރިންސިޕަލުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އާ ގަަވައިދުގައި ބުނެފައިވާ ގޮތުގައި އެއް ސްކޫލެެއްގައި އެންމެ ގިނަވެގެންވެސް ޕްރިންސިޕަލަކަށް ހުރެވޭނީ އަށް އަހަރެވެ.

ޕްރިންސިޕަލުންގެ ކަންބޮޑުންތަކާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިހާރު ހެދި ގަވައިދަށް އަމަލު ކުރަން ފެށިޔަ މިހާރު ވަޒީފާގައި ތިބި ގިނަ ދުވަސްވީ ޕްރިންސިޕަލުންނަށް ވަޒިފ އަދާ ކުރުމުގައި ހުރަހެއް ނެތް ކަމަށެވެ. މިނިސްޓްރީން ބުނީ އަލަށް ހެދި ގަވައިދަށް މިހާރު ވަޒީފާގައި ތިބި ޕްރިންސިޕަލުން އަމަލު ކުރަން ފަށަން ޖެހޭނީ މިނިސްޓްރީން ލިޔުމުން އެކަން އަންގާ ދުވަހުން ފެށިގެން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ޕްރިންސިޕަލުން ފުރަތަމަ ހަތަރު އަހަރުގެ ޓެނުއާ ނިމުމުން އެ ސްކޫލެއްގައި މަޑުކުރަން ބޭނުން ނަމަ ސްކޫލް ބަދަލު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މިގޮތަށް ހަމަޖެއްސުމުން ސިސްޓަމްގައި ތިބި ހިންގުންތެރި، ގާބިލް ޕްރިންސިޕަލުންގެ ހިދުމަތް ގިނަ ސްކޫލްތަކަށް ލިބި، އެ ސްކޫލްތައް އިތުރަށް ތަރައްގީވުމަށް ފުރުސަތު ފަހިވެގެންދާނެކަމަށް މިނިސްޓްރީން ދެކޭ ކަމަށް ބުނެ އެވެ.

އާ ގަވައިދުގެ ދަށުން އަށް އަހަރު ހަމަވުމުން އެ ޕްރިންސިޕަލަކު އެހެން ސްކޫލަކަށް ބަދަލުވާން ޖެހެ އެވެ.

މި ނިސްްޓްރީން ބުނީ މި ގެނައި ބަދަލާއި އެކު ރަށެއްގައި ނުވަތަ ސަރަހައްދެއްގައި ކިޔަވައިގެން އައިސް ސްކޫލް ހިންގުމުގެ ދާއިރާއިން ޕްރިންސިޕަލެއްގެ ގޮތުގައި ރަށަށް ނުވަތަ އަތޮޅަށް ހިދުމަތްކުރުމުގެ ފުރުސަތު ނުލިބިތިބި ފަރާތްތަކަށް އެފަދަ ފުރުޞަތު ދެން ފަހިވެގެން ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް