ހޭންޑްލިން އާއި ވޯފޭޖު ފީތަކަށް ގެނައި ބަދަލަށް އަމަލުކުރުން އެމްޕީއެލުން ފަސްކޮށްފި

އެމްޕީއެލްގެ ވިޔަފާރި ބަނދަރުތަކުން ހޭންޑްލިން އާއި ވޯފޭޖް ފީތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކަށް އަމަލުކުރުން ފަސްކޮށްފިއެވެ. ކުރިން ނިންމާފައި އޮތް ގޮތުން ހޭންޑްލިން އާއި ވޯފޭޖް ފީތަކަށް މިއަދު...

13 Sep 2020 | 10:47

އެމްޕީއެލްގެ ވިޔަފާރި ބަނދަރުތަކުން ހޭންޑްލިން އާއި ވޯފޭޖް ފީތަކަށް ގެންނަން ނިންމާފައިވާ ބަދަލުތަކަށް އަމަލުކުރުން ފަސްކޮށްފިއެވެ.

ކުރިން ނިންމާފައި އޮތް ގޮތުން ހޭންޑްލިން އާއި ވޯފޭޖް ފީތަކަށް މިއަދުން ފެށިގެން ބަދަލު އަންނާނެ އެވެ.

އެމްޕީއެލްއިން މިއަދު ބުނި އެ ނިންމުން ބަދަލުކޮށް އެ ދެ ހިދުމަތަށް ނަގާ ފީއަށް ބަދަލު ގެންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ފީތަކަށް ގެންނަން ނިންމާފައިވާ ބަދަލަކީ ރޭގަނޑު 11:30 އާއި ހެނދުނު 7:30 އާ ދެމެދު ފޯރުކޮށްދޭ ހިދުމަތްތަކުން ނަގަމުންދާ 30 ޕަސެންޓުގެ ސާޗާޖު އުވާލުމެވެ.

ސާޗާޖުގެ ގޮތުގައި ނަގާ 30 ޕަސެންޓު އުނިކުރަން އެ އެމްޕީއެލުން ނިންމީ އެ ޗާޖާ ގުޅިގެން ޝިޕިން އެޖެންޓުން ވިޔަފާރިވެރިންގެ އަތުން އިތުރު ފީތައް ނަގަމުން އައުމާ ގުޅިގެން މީގެ ކުރިން އެމްޕީއެލްއިން ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް