އިއްޔެ ބޭއްވި ސައިކަލު ބުރުން ދައުލަތަށް 41 ހާސް ރުފިޔާ !

ޒުވާނުންތަކެއް އިސް ނަގައިގެން އިއްޔެ މާލޭގައި ބޭއްވި ސައިކަލު ބުރުން ހައްޔަރުކުރި އެންމެން ޖޫރިމަނާކޮށް އެކަކު ފިޔަވައި ދެންތިބި 40 މީހުން ދޫކޮށްލައިފިއެވެ. މިއަދު ފުލުހުން ބުނެފައިވަނީ އެޗްޕީއޭގެ އެ...

13 Sep 2020 | 10:04

ޒުވާނުންތަކެއް އިސް ނަގައިގެން އިއްޔެ މާލޭގައި ބޭއްވި ސައިކަލު ބުރުން ހައްޔަރުކުރި އެންމެން ޖޫރިމަނާކޮށް އެކަކު ފިޔަވައި ދެންތިބި 40 މީހުން ދޫކޮށްލައިފިއެވެ.

މިއަދު ފުލުހުން ބުނެފައިވަނީ އެޗްޕީއޭގެ އެންގުމާ ހިލާފަށް އެއްވުމުން ހައްޔަރުކުރި ކޮންމެ މީހަކު 1000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާކަމަށެވެ. 41 މީހަކު އިއްޔެ ހައްޔަރުކުރިއެވެ. އެހެންކަމުން އެ އެންމެން ޖޫރިމަނާ ކުރުމުން ދައުލަތަށް 41 ހާސް ރުފިޔާ ލިބޭނެއެވެ.

ސިޔާސީ އިދިކޮޅު ދެ ޕާޓީގެ އިސް ވެރިން އިއްޔެގެ އެއްވުމުގައި ބައިވެރިވި ނަމަވެސް އެ ފަރާތްތަކުން ބުނެފައިވަނީ އިއްޔެގެ އެ ހަރަކާތަކީ ސިޔާސީ އިދިކޮޅު ދެ ޕާޓީ ކަމުގައިވާ ޕީޕީއެމް އަދި ޕީއެންސީން ރޭވި ހަރަކާތެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް