ޗައިނާއަކީ ވިންޓަރ އޮލިމްޕިކްސް ބާއްވަން ހައްގު ގައުމެއް ނޫން

ޗައިނާއަކީ ވިންޓަރ އޮލިމްޕިކްސް ބާއްވަން ހައްގު ގައުމެއް ނޫން ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ 160 އަށް ވުރެ ގިނަ ޖަމްއިއްޔާ އިން ބުނެފިއެވެ. އެ ޖަމިއްޔާތަކުން މިހެން ބުނެފައިވަނީ އިންޓަރނ...

13 Sep 2020 | 09:43

ޗައިނާއަކީ ވިންޓަރ އޮލިމްޕިކްސް ބާއްވަން ހައްގު ގައުމެއް ނޫން ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ 160 އަށް ވުރެ ގިނަ ޖަމްއިއްޔާ އިން ބުނެފިއެވެ.

އެ ޖަމިއްޔާތަކުން މިހެން ބުނެފައިވަނީ އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) ގެ ރައީސް ތޯމަސް ބާކްއަށް ފޮނުވި ސިޓީއެއްގައެވެ.

އެސިޓީގައި ބުނެފައިވަނީ 2022 ވަނަ އަހަރު ވިންޓަރ އޮލިމްޕިކްސް ޗައިނާގައި ނުބޭއްވުމަށް ގޮވާލާ ސަބަބުތަކުގެ ތެރޭގައި ޗައިނާގެ ސަރުކާރުން ޝިންޖިއަންގ، ޓިބެޓް، ހޮންގކޮންގ އަދި މޮންގޯލިއާގައި އަމަލު ކުރާ ގޮތުން، އެގައުމުގައި ވިންޓަރ އޮލިމްޕިކްސް ބޭއްވުން ހައްގު ނޫން ކަން ދޭހަވާކަމަށް ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެސިޓީއަށް ރައްދު ދީ ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ އޮލިމްޕިކް ގޭމްސް "ސިޔާސީ" ކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށާއި އެއީ ކޮށްގެންވާނޭ ކަމެއް ނޫން ކަމަށެވެ.

ޗައިނާގެ ވެރިރަށް ބެއިޖިންގ ވިންޓަރ އޮލިމްޕިކްސް ބާއްވަން ހަމަޖެއްސީ 2015ގަ އެވެ. ނަމަވެސް އޭގެ ފަހުން އެ ކުޅިވަރުތައް ބޯއިކޮޓް ކުރުމަށް ގޮވާލުން ވަނީ އިތުރުވެފައެވެ.

އދ. އިން 2018 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޗައިނާއިން ވަނީ ޝިންޖިއަންގުގެ 1.1 މިލިއަނަށް ވުރެ ގިނަ މުސްލިމުން ހައްޔަރުކޮށްފައެވެ.

އެކަމަކު ޗައިނާއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް