ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އިތުރު ކުރާ ބައިގެ 18 ޕަސެންޓު މަސައްކަތް ނިމިއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އިތުރު ކުރާ ބައިގެ 18 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ. މި މަޝްރޫއު ހެލްތް މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ. އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ...

13 Sep 2020 | 07:41

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އިތުރު ކުރާ ބައިގެ 18 ޕަސެންޓު މަސައްކަތް ނިންމައިފި އެވެ.

މި މަޝްރޫއު ހެލްތް މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، ވޯޑް ބިލްޑިންގެ ފުރަތަމަ ފަންގިފިލާގެ ލިފްޓުގެ ފާރު ކާސްޓް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެ ފަންގިފިލާގެ ސިޑިގޮޅި މަރާމާތު ކުރުމުގެ މަސައްކަތުގެ 50 ޕަސެންޓުނިމިފައިވާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ ދެވަނަ ފަންގިފިލާގެ ސްލެބް އެޅުމަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މި މަޝްރޫޢުގެ ދަށުން ލެބޯރެޓަރީ އަކާއި ވޯޑް އިމާތާތެއް އެޅުމުގެ އިތުރުން އޯ.ޕީ.ޑީ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތް ކުރާނެ އެވެ.

މިއީ 30.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ މިއަހަރުގެ މެއި 17 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް