އުކުޅަހުގައި ކަރަންޓީންގައި ހުރި މީހަކު މަރުވެއްޖެ

އއ. އުކުޅަހުގައި ކަރަންޓީންގައި ހުރި މީހަކު މަރުވެއްޖެ އެވެ. ކަރަންޓީންގައި ހުއްޓައި މަރުވެފައިވަނީ އުމުރުން 66 އަހަރުގެ އަންހެނެކެވެ. އުކުޅަހު ކައުންސިލުން އެމީހާ އަކީ ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހ...

13 Sep 2020 | 07:18

އއ. އުކުޅަހުގައި ކަރަންޓީންގައި ހުރި މީހަކު މަރުވެއްޖެ އެވެ.

ކަރަންޓީންގައި ހުއްޓައި މަރުވެފައިވަނީ އުމުރުން 66 އަހަރުގެ އަންހެނެކެވެ. އުކުޅަހު ކައުންސިލުން އެމީހާ އަކީ ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހެއް ކަމަށެވެ.

އެމީހާ މާލެއިން ގޮސް ކަރަންޓީންވިތާ އަދި ވީ ދެ ދުވަސް ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. އެމީހާގެ މަރާއި ގުޅިގެން އެޗްޕީއޭއިން އަދި އެއްޗެއް ނުބުނެ އެވެ.

މިދިޔަ ހަފްތާގައި ހއ. ކެލާގައި ކަރަންޓީންގައި ހުރި ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހަކު މަރުވި އެވެ. އެމީހާ މަރުވިތާ އެއް ދުވަސް ފަހުން އެޗްޕީއޭއިން ވަނީ އެއީ ކޯވިޑްގެ މަރެއް ކަމަށް ނިންމާފައި އެވެ.

ކޯވިޑް ޖެހިގެން ރޭވެސް މީހަކު މަރުވެފައިވެ އެވެ. ރޭ 3:55 ގައި މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ކޯވިޑަށް ފަރުވާ ދެމުން ދިޔަ 58 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް