ވެރިޔަކީ ކާކުކަން އޮޅިފައިވާ ޕާޓީން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން ކުށްވެރިކުރަން: ޖާބިރު ޕާޓީ

ވެރިޔަކީ ކާކުކަން ނޭނގޭ ޕާޓީން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން އެންމެ ހަރުކަށިކޮށް ކުށްވެރި ކުރާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަބްދުﷲ ޖާބިރުގެ ޕާޓީ، ޑީއާރުޕީން ގޮ...

13 Sep 2020 | 05:46

ވެރިޔަކީ ކާކުކަން ނޭނގޭ ޕާޓީން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން އެންމެ ހަރުކަށިކޮށް ކުށްވެރި ކުރާކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު، އަބްދުﷲ ޖާބިރުގެ ޕާޓީ، ޑީއާރުޕީން ގޮވާލައިފިއެވެ.

ޖާބިރު ރައީސްކަން ކުރައްވާ އެ ޕާޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް-19 އުޒުރަކަށް ހަދައި، ރައްޔިތުން ހިޔާލު ފާޅުކުރަން މަގުމައްޗަށް ނިކުތުމުން، ވެރިޔަކީ ކާކުކަން އޮޅިފައިވާ އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން ވަރަށް ހަރުކޮށިކޮށް ޑީއާރުޕީން ކުށްވެރިކުރާ ކަމަށެވެ.

"އެއްވުމުން ހައްޔަރުކުރި އެންމެނާއި ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން ވަގުތުން ދޫކޮށްލާ" ޑީއާރުޕީގެ ޓްވީޓްގައި ބުނެފައިވެއެވެ.

https://twitter.com/drpmaldives/status/1305015277621370880

އެއަށްފަހު އެ ޕާޓީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ޑީއާރުޕީގެ ލީޑަރު، ޖާބިރު، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުން ވަގުތުން ވަގުތަށް ވަގުތު ސަާމަތް ކުރުމަށްޓަކާ ފާސްކޮށް، ރައްޔިތުންނަށް މިނިވަންކަން ދެއްވުމަށްވެސް ޑީއާރުޕީން ގޮވާލާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް