ހޯމް ކަރަންޓީނުގައި ހުރި މީހަކު މަރުވެއްޖެ

އއ. އުކުޅަހުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު މަރުވެއްޖެއެވެ. ރޭ 11:00 ހާއިރު މަރުވެފައިވަނީ އުމުރުން 66 އަހަރުގެ އަންހެނެކެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އެއީ ފަރުވާއެއް ހޯދުމަށް މާލެ އައުމަށްފ...

13 Sep 2020 | 05:25

އއ. އުކުޅަހުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު މަރުވެއްޖެއެވެ.

ރޭ 11:00 ހާއިރު މަރުވެފައިވަނީ އުމުރުން 66 އަހަރުގެ އަންހެނެކެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެއީ ފަރުވާއެއް ހޯދުމަށް މާލެ އައުމަށްފަހު ރަށަށް ގޮސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އަދި އެމީހާއަކީ މި ފަހަކަށް އައިސް ވަރަށް ބަލިކޮށް އުޅެމުންދިޔަ މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މަރާއި ގުޅޭގޮތުން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މަރުވި އެ މީހާ ކޮވިޑަށް ޓެސްޓް ކޮށްފައިވާއިރު ޓެސްޓްގެ ނަތީޖާ ނެގަޓިވް ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް