މައްޔިތާ އާއި ސުވާލުކުރެވޭ ވަގުތު

މައްޔިތާއާއި ކުރެވޭ ސުވާލާއި މައްޔިތާއަށް ދެވޭ ޘަވާބު ނުވަތަ އަޛާބުގެ ކަންތައް ފެށޭނެ ކަމުގައި އަންގަވާފައިވަނީ ވަޅުލުމަށް ފަހުގައެވެ. އޭގެ ކުރިން ރަނގަޅު މީހެއްނަމަ އަވަހަށް ވަޅުލުމަށް އެދޭނެއެވެ. އަ...

13 Sep 2020 | 05:20

މައްޔިތާއާއި ކުރެވޭ ސުވާލާއި މައްޔިތާއަށް ދެވޭ ޘަވާބު ނުވަތަ އަޛާބުގެ ކަންތައް ފެށޭނެ ކަމުގައި އަންގަވާފައިވަނީ ވަޅުލުމަށް ފަހުގައެވެ. އޭގެ ކުރިން ރަނގަޅު މީހެއްނަމަ އަވަހަށް ވަޅުލުމަށް އެދޭނެއެވެ. އަދި ނުބައި މީހެއް ނަމަ ވަޅު ނުލުމަށް، ކަށްވަޅަށް ނުގެން ދިޔުމަށް ވެސް އެދޭނެއެވެ. ހަދީޘްގައި ވާރިދުވެފައި ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވާކަމުގައި أبو سَعِيدٍ الْخُدْرِيَّ رَضِيَ ﷲ عَنْهُ ވިދާޅުވިއެވެ.

((إِذَا وُضِعَتْ الْجِنَازَةُ فَاحْتَمَلَهَا الرِّجَالُ عَلَى أَعْنَاقِهِمْ فَإِنْ كَانَتْ صَالِحَةً قَالَتْ قَدِّمُونِي وَإِنْ كَانَتْ غَيْرَ صَالِحَةٍ قَالَتْ لِأَهْلِهَا

 يَا وَيْلَهَا أَيْنَ يَذْهَبُونَ بِهَا يَسْمَعُ صَوْتَهَا كُلُّ شَيْءٍ إِلَّا الْإِنْسَانَ وَلَوْ سَمِعَ الْإِنْسَانُ لَصَعِقَ)) صحيح البخاري، (5/ 78) މާނައަކީ: [ޖަނާޒާ (މައްޔިތާ) އެނދުގައި ބޭއްވި، ފިރިހެނުން އެޖަނާޒާ ކޮނޑަށް އުފުލާ ހިނދު، އެއީ ޞާލިހު މީހެއް ކަމުގައި ވާނަމަ ބުނާނެއެވެ. ތިމަންނަ އަވަހަށް ގެންދާށެވެ! އަދި ޞާލިހު މީހެއްކަމުގައި ނުވާނަމަ އޭނާގެ އަހުލުވެރިންނަށް ބުނާނެއެވެ. ތިމަންނަ ތިޔަ ގެންދަނީ ކޮންތާކަށް ހެއްޔެވެ. (ތިމަންނަ ނުގެންދާށެވެ!) އިންސާނުން ފިޔަވައި ހުރިހައި އެއްޗަކަށް އެއަޑު އިވޭނެއެވެ. އިންސާނާއަށް އެއަޑު އިވިއްޖެ ނަމަ އޭނާ ހޭނެތޭނެއެވެ.]

މައްޔިތާ ވަޅުލެވުނަސް ނުލެވުނަސް ހަމަކަށަވަރުން އިނގޭ ކަމަކީ ކޮންމެ މައްޔިތަކާއި ސުވާލު ވެވޭނެ ކަމާއި އަދި އެމީހަކަށް ހައްގު ވެގެންވާ ބައި މަރުވުމަށްފަހުގައި ލިބޭނެކަމެވެ. އެއީ ޣައިބުގެ ޚަބަރުތަކެވެ. އެކަން އަޅުގަނޑުމެނަށް ޝުޢޫރަށް ގެނެވުމަކީ ވާނޭކަމެއް ނޫނެވެ. އެކަމަށް އީމާންވުމަކީ ލާޒިމު ކަމެކެވެ.

والله أعلم وبالله التوفيق وصلى الله على محمد وآله وصحبه وسلم

ޖަވާބު: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް