ކޯވިޑުގައި ރާއްޖެއިން ގެއްލުނު ފުރާނައިގެ އަދަދު 32 އަށް

ކޯވިޑުގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފައިވާގޮތުގައި ރޭ ފަތިހު 3:55 ހާއިރު ކޮވިޑުގައި މަރުވެފައިވަނީ އުމުރ...

13 Sep 2020 | 05:13

ކޯވިޑުގައި ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބުނެފައިވާގޮތުގައި ރޭ ފަތިހު 3:55 ހާއިރު ކޮވިޑުގައި މަރުވެފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި އަންހެނެކެވެ.

މި އަންހެން މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ހޯދަމުންދިޔަ އަންހެނެއް ކަމަށް އެޗްއީއޯސީން ބުނެއެވެ. އަދި މިއީ ކޮވިޑުގައި ރާއްޖެއިން މަރުވި 32 ވަނަ މީހާ ކަމުގައިވެސް އެޗްއީއޯސީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް