ނައިކް ދޫކޮށްލުމަށް ފަހު ނޭމާ ޕޫމާ އާއި ގުޅިއްޖެ

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ފޯވަޑް ނޭމާ ނައިކީ ދޫކޮށްލުމަށް ފަހު ޖަރުމަންގެ ޕޫމާ އާއި ގުޅިއްޖެއެވެ. ނޭމާ ރަސްމީކޮށް ޕޫމާ އާއި ގުޅުނުކަން އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް...

13 Sep 2020 | 05:07

ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއަށް ކުޅެމުން އަންނަ ބްރެޒިލް ފޯވަޑް ނޭމާ ނައިކީ ދޫކޮށްލުމަށް ފަހު ޖަރުމަންގެ ޕޫމާ އާއި ގުޅިއްޖެއެވެ.

ނޭމާ ރަސްމީކޮށް ޕޫމާ އާއި ގުޅުނުކަން އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ހާމަކޮށްފައިވާއިރު، ނޭމާ ބުނެފައިވަނީ ފުޓްބޯޅައިގެ ލެޖެންޑުންނަށް އެހީތެރިވެދިން ބްރޭންޑެއްކަމަށްވާ ޕޫމާއާއި ގުޅެން އޭނާއަށް ލިބުމަކީ ލިބުނު ކުރިއެރުމަކާއި ފަޚުރެއްކަމަށެވެ. އަދި އޭނާ ޖަރުމަންގެ ޕޫމާ އާއި ގުޅުނީ ޕޫމާ އާއި ގުޅިފައިވާ ކުރީގެ މަސްޙޫރު ތަރިންގެ ވީޯޑިއޯ ތަށް ބެލުމަށް ފަހުގައި ކަމަށް ވެސް ނޭމާ ބުނެފައިވެއެވެ.

އުމުރުން 28 އަހަރުގެ ނޭމާ އޭނާގެ ކުރީގެ ސްޕޮންސަރު އެމެރިކާގެ ނައިކީން 15 އަހަރަށް ފަހު ވަކިވިކަން ހާމަކޮށްފައި ވަނީ މީގެ ދެ ހަފްތާއެއް ކުރިންނެވެ.

ނައިކީ އިން ނޭމާ ސްޕޮންސާކުރީ އޭނާގެ އުމުރުން އެންމެ 13 އަހަރުގައި، ބްރެޒިލްގެ ސަންތޯސްގެ ޖޫނިއާ ޓީމަށް ކުޅުނިއިރެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ނޭމާ އާއި ނައިކީން ވަކިވީ އެއްބަސްވުން އާކުރާއިރު ލިބޭނެ އަދަދަކާ މެދު އެއްބަސްނުވެވިގެންނެވެ. އަދި ނޭމާ އާއި ނައިކީން އެންމެ ފަހުން ހަދާފައި އޮތީ 2022 ވަނަ އަހަރު ހަމަވާ ގޮތަށް އޮތް 11 އަހަރުގެ ކޮންޓްރެކްޓެއް ކަމަށާއި އޭގެ ދަށުން ނޭމާ އަށް ޖުމްލަ 105 މިލިއަން ޑޮލަރު ލިބޭނެ ކަމަށްވެސް ރިޕޯރޓްތަކުގައިވެއެވެ.

ބާސެލޯނާއަށް ވެސް ކުޅެފައިވާ ނޭމާ ޕިއެސްޖީއަށް ބަދަލުވީ 2017 އޮގަސްޓްމަހު ރެކޯޑު އަގެއްކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ. ނޭމާ ވަނީ ނިމިގެން ދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ފައިނަލަށް ޕީއެސްޖީއާއެކު ދަތުރުކޮށްފައެވެ.

މީގެ ކުރިން ޕޫމާއިން ސްޕޮންސަރކޮށްފައިވާ މަޝްޙޫރު ފުޓްބޯޅަ ލެޖެންޑުންގެ ތެރޭގައި، ޕެލޭ، ޖޯހަން ކްރައިފް އަދި އޫސެބިއޯގެ އިތުރުން މަޝްޙޫރު ޑިއޭގޯ މެރަޑޯނާވެސް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް