އެތުލެޓިކޯ މެޑްރިޑް ކޯޗު ސިމިއޯނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ސިމިއޯނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ރޭ އެތުލެޓިކޯއިން ކަށަވަރުކޮށްދީފައި ވާއިރު، އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނީ...

13 Sep 2020 | 04:23

އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސިމިއޯނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވިކަން ރޭ އެތުލެޓިކޯއިން ކަށަވަރުކޮށްދީފައި ވާއިރު، އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހުކުރު ދުވަހު ހެދި ޕީސީއާރް ޓެސްޓުތަކުން ސިމިއޯނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެހެންކަމުން އޭނާ މިހާރު އަމިއްލަ ގޭގައި އައިސޮލޭޓް ވެފައިވާ ކަމަށެވެ.

މީގެ އިތިރުން ސިމިއޯނީ ކޮވިޑް ވައިރަހަށް ޕޮޒިޓިވްވި ނަމަވެސް، އޭނާގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށް މި ބަޔާނުގައި ބުނެފައި ވެއެވެ.

ސިމިއޯނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވިއިރު، މީގެ ކުރިން މި މަހުގެ ކުރީކޮޅު އެތުލެޓިކޯއަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އާއި ކޮލަމްބިއާގެ ޑިފެންޑަރު ސަންޓިއާގޯ އަރިއަސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

ސްޕެނިޝް ލީގުގެ އައު ސީޒަން މިހާރު ފެށިގެން ކުރިޔަށް ދާއިރު، މި ދިޔަ މަހުގެ ޗެމްޕިއަންސް ލީގުގައި ވާދަ ކޮށްފައި ވާތީ މި ހަފުތާގައި އެތުލެޓިކޯއިން މެޗެއް ކުޅުމަށް ތާވަލުކޮށްފައެއް ނުވެއެވެ. ލީގުގައި އެތުލެޓިކޯއިން މެޗެއް ކުޅޭނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހު އެތުލެޓިކޯ ނުކުންނާނީ ގްރަނާޑާއާ ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް