މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް މިއަދު ކެރީގެ އަސަރު ފޯރިނަމަވެސް ދެކުނުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ، (މެޓް) އޮފީހުން ބުނެފައިވަނީ މިއަދު އިރުއޮއްސި ހައަކާއި ހަމައަށް އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އުތުރާއި މެދުރާއްޖޭގެ ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ބުނެފައިވެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބުނެފައިވަނީ ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގެ އުސްމިނެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް