ހާއްސަ އޮފާރ އަކާއިއެކު އުރީދޫ އިން ރާއްޖޭގައި ސެމްސަންގް ޒެޑް ފްލިޕް ތައާރަފްކޮށްފި

ސެމްސަންގް އާއި އުރީދޫ ގުޅިގެން ސެމްސަންގްގެ ފަހުގެ ގެލެކްސީ ޒެޑް ފްލިޕް، ހާއްސަ އޮފަރއަކާއި އެކު ރާއްޖެއަށް ތައާރަފްކޮށްފިއެވެ. ސެމްސަންގްގެ މި އީޖާދީ ފޯނަކީ ފުލް ސްކްރީން ފޯނެއް ކަމުގައިވިޔަސް، އެހެ...

13 Aug 2020 | 18:21

ސެމްސަންގް އާއި އުރީދޫ ގުޅިގެން ސެމްސަންގްގެ ފަހުގެ ގެލެކްސީ ޒެޑް ފްލިޕް، ހާއްސަ އޮފަރއަކާއި އެކު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

ސެމްސަންގްގެ މި އީޖާދީ ފޯނަކީ ފުލް ސްކްރީން ފޯނެއް ކަމުގައިވިޔަސް، އެހެން ފޯނުތަކާ ހިލާފަށް ގެންގުޅެން ފަސޭހަ، ފަތްޖަހާލެވޭގޮތަށް އުފައްދާފައިވާ މޮޅު ފޯނެކެވެ. ޑުއަލް ބެޓެރީއާއެކު ފަރުމާ ކުރެވިފައިވާ މިފޯނުގެ ބެޓެރީ މުޅި ދުވަހަށް ހިފަހައްޓާއިރު، ފޯލްޑަބަލް ފީޗަރ އާއިއެކު ފޮޓޯ ނަންގަވާ ބޭފުޅުންނަށްވެސް ތަފާތު އޭންގަލްތަކުން ކޮލިޓީ ފޮޓޯ ނެގުމަށް ފަހި ކޮށްދެއެވެ.

ސެމްސަންގް ޒެޑް ފްލިޕް އެންމެ ފުރިހަމަ އަގުގައި އުރީދޫ އީ-ކޮމާރސް ޕްލެޓްފޯރމް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް  ބައްލަވައިގަނެވޭނެއެވެ. ބައްލަވައިގަންނަވާ ކޮންމެ ފޯނަކާއި އެކު އުރީދޫ ޕްރީޕެއިޑް، މިކްސް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މަހަކު 2020 އެމްބީ ހިލޭ ޑޭޓާ ވެސް މިއަހަރުގެ ނިޔަލަށް ލިބިވަޑައިގަންނަވާނެއެވެ.

ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕް ގެ އަގުތައް

މިއަދު ލޯންޗްކުރެވުނު ސެމްސަންގް ގެލެކްސީ ޒެޑް ފްލިޕް، އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ބައްލަވައިގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދެވޭނެއެވެ.

މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް