މިރޭ މަރުވި އުމުރުން ދުވަސްވީ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެމީހާ އައިޖީއެމްއެޗަށް ގެންދިޔައީ މިރޭ 7:00 ހާއިރު ކަމަށެވެ. ގެންދިޔަ އިރުވެސް އެމީހާ މަރުވެފައިވާ ކަމަށެވެ.
އެއީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެމީހާ ކޯވިޑަށް ޓެސްޓު ކުރީ އައިޖީއެމްއެޗުގައި އެޑްމިޓް ކުރާ މީހުންނާއި އެގޮތަށް މަރުވެގެން ގެންދެވޭ މީހުން ކޯވިޑަށް ޓެސްޓު ކުރާ އުސޫލުން ކަމަށެވެ. އެކަމަކު އެމީހާ އަކީ ކޯވިޑް-19 ޖެހިގެން މަރުވި މީހެއް ކަމަށް އަދި ނުނިންމާ ކަމަށް ވިދާޅުވި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް 5،494 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 21 މީހަކު ވަނީ މަރުވެފައި އެވެ.
މަރުވި މީހުންގެ ތެރެއިން 11 މީހުންނަކީ 16 މީހުންނަކީ ދިވެހިންނެވެ. ދެން މަރުވެފައިވަނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ފިލިޕިންސް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް