މިއަދު ޕޮސިޓިވްވީ 83 ދިވެހިންނާއި 45 ބިދޭސީން

އިތުރު 128 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 127 މީހުންނެވެ. އަތޮޅު ތެރެއިން އެކަކު ޕޮސިޓިވްވެފައިވެ އެވެ. މިއަދު ޕޮސިޓިވްވެފައިވަނީ 83 ދިވެހިންނާއި 45 ބިދ...

13 Aug 2020 | 17:40

އިތުރު 128 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު މާލެއިން ޕޮސިޓިވްވެފައިވަނީ 127 މީހުންނެވެ. އަތޮޅު ތެރެއިން އެކަކު ޕޮސިޓިވްވެފައިވެ އެވެ.

މިއަދު ޕޮސިޓިވްވެފައިވަނީ 83 ދިވެހިންނާއި 45 ބިދޭސީންނެވެ. ޕޮސިޓިވްވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 35 މީހުންނާއި އިންޑިއާގެ އިންޑިއާ ހަތަރު މީހުންނާއި ނޭޕާލްގެ ހަތަރު މީހުންގެ އިތުރުން ސްރީލަންކާގެ ދެ މީހުންނެވެ.

މިވަގުތު ކޯވިޑް ޖެހިގެން ފަރުވާ ދެމުންދަނީ 2،553 މީހުންނަށެވެ. އޭގެ ތެރެއިން 156 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ. އަދި 1،476 މީހުން އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 2،920 މީހުންނެވެ.

މިހާތަނަށް ބަލި ޖެހިފައިވަނީ 5،494 މީހުންނަށެވެ. އޭގެ ތެރެއިން 21 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް