ވެރިކަން ކުރާ އެމްޑީޕީގެ ވެރިންގެ މެދުގައި ސިޔާސީ ކޯޅުން ގަނޑެއްގެ ހުޅުރޯވާން ފަށާފައިވާ ދަނޑިވަޅެއްގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަރުގަދަ ބަހުގެ ހަމަލާއެއް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެއްވައިފި އެވެ.
މެމްބަރުންގެ މެދުގައި ހުޅު ރޯވާން ފަށާފައިވަނީ ރައީސް ނަޝީދު އިސްކޮށް ހުންނަވައި ރައްޔިތުންގެ މަޖިލިހަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން މަސައްކަތް ކުރަމުންދާތީ އެވެ. އެ މައްސަލަ ވައްދަން ބޭނުންވާ ވަރަށް ސޮއި ހަމަވެފައިވާ ކަމަށް ވެ އެވެ.
މި މައްސަައިގަ މިއަދު ޓުވިޓާގައި މީހަކު ރޮޒައިނާ އާއި ދެކޮޅަށް ފާޅު ކުރި ހިޔާލަކާއި ގުޅިގެން އޭނާ ވިދާޅުވީ ގައުމެއްގެ ވެރިކަން އެއްފަހަރާ ދެ މީހުންނަށް ނުކުރެވޭނެ ކަމަށެވެ. އެފަދަ ކަމެއް ކުރަން އުޅެފި ނަމަ ނުކުންނާނީ ހުސް ގޯސް ކަމަށް ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ އެމްޑީޕީ ތެރޭގައި ހަމަނުޖެހުން އުފައްދައި ޕާޓީ ފުނޑާލަން އޭނާ މަސައްކަތް ނުކުރައްވާ ކަމަށެވެ. އަދި އޭނާ އެކަނި ކުރައްވާ މަސައްކަތަކުން ޕާޓި ފުނޑުފުނޑު ނުވާނެ ކަމަށް ވިދާޅުވި އެވެ.
އިތުރަށް ވިދާޅުވީ އޭނާ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި އެއްކޮށް ކަމަށެވެ.
https://twitter.com/Roxeyna/status/1293839386199482368
އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވީ ރައީސް ސޯލިހުގެ ވަޒީރުންނާއި ދެކޮޅަށް ރައީސް ނަޝީދު އިސްކޮށް ހުންނަވައި އިތުބާރުނެތްކަމުގެ ވޯޓު ނަގައި ވަޒީރު ކަމުން ދުރު ކުރަން އުޅެނީ ވަޒީރުންގެ ތެރެއިން ހުސްވާ މަގާމުތަކަށް އެމްޑީޕީގެ މެމްބަރުން އައްޔަން ނުކޮށް ރައީސް ނަޝީދުގެ ހިޔާލުފުޅު ވެރިކަން ހިންގެވުމުގައި ރައީސް ސޯލިހު އިސްނުކުރައްވާތީ ކަމަށެވެ.
މި މައްސަލައިގަ ނަޝީދާއި އެއްކޮޅަށް ތިއްބެވީ ވަރަށް މަދު މެމްބަރުން ކަމަށްވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް